
މީހަކު ސިހުރު ހެދުމަށް ބޭނުންކުރި އެއްޗެއް! ފުލުހުން އަތުލައިގަނެފައި.
ސިހުރަކީ ކިހާ ނުބައިކަމެއްކަން އެނގޭ ހެއްޔެވެ؟

ރިޟްވާން މޫސާ - 18 ޖުލައި 2026 - 17:24
ސިހުރު ހެދުމަކީ އިސްލާމްދީނުގައި ބޮޑުވެގެންވާ ފާފައެކެވެ. އަދި އޭގެ ސަބަބުން މުޖުތަމައުގެ ބަދަހިކަމާއި ފަރުދުންގެ ދިރިއުޅުން ހަލާކުވެގެންދާ ނުރައްކާތެރި ކަމެކެވެ. މި ރިޕޯޓުގައި ބަލާލާނީ ސިހުރުގެ މާނަޔަށާއި، ދީނީ ހުކުމަށާއި، އޭގެ ސަބަބުން މުޖުތަމައަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށެވެ.
ސިހުރުގެ މާނަގައި ވަނީ ސިހުރަކީ ސިއްރުވެރި ގޮތްގޮތަށް، ނުފެންނަ ބާރުތަކެއް (އާންމުކޮށް ޝައިޠާނުންނާއި ޖިންނީން) ބޭނުންކޮށްގެން މީހުންނަށް ގެއްލުންދިނުމަށް ނުވަތަ ކަންކަން ބަދަލުކުރުމަށް ހަދާ ހެދުމެކެވެ. މީގެ ތެރޭގައި ތަފާތު ކިޔެވުންތަކާއި، ގޮށްޖެހުމާއި، ތަކެތި ވަޅުލުން ފަދަ ކަންކަން ހިމެނެއެވެ.
ސިހުރުގެ ސަބަބުން މީހުން ބަލިވުމާއި، ބޯގޮވުމާއި، ދެމަފިރިން ދުރުވުން ފަދަ ކަންކަން މެދުވެރިވެއެވެ. އިސްލާމްދީނުގައި ސިހުރު ހެދުމާއި، ހައްދަން ދިއުމަކީ މުސްލިމްކަމުން ބޭރުވާ ފަދަ ބޮޑު ފާފައެކެވެ. ކީރިތި ޤުރުއާނާއި ކާރިތި ރަސޫލާ ﷺ ގެ ސުންނަތުން އެނގޭ ގޮތުގައި ސިހުރަކީ ކުފުރުގެ އަމަލެކެވެ.

މި އަމަލުތަކަކީ އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައުގައި މަދުން ނަމަވެސް ފެންނަ ހިތާމަ ހުރި މައްސަލަތަކެވެ. އަބަދުވެސް ކޮންމެސް ރަށެއްގެ ކޮންމެވެސް މީހަކު ސިހުރު ހަދައިގެން ނުވަތަ ސިހުރުގެ ދަންތުރައިގައި ޖެހިގެން އުޅޭ ވާހަކަ އަޑުއަހަމެވެ. މިހާރުގެ ހާލަތުގައި މި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ސިހުރުވެރިންވެސް އެ ނުބައިކަން ކުރިއަށް ޖައްސާލި މަންޒަރުގެ ކޮޅުމަތި މިހާރު ފެންނަން ފަށައިފި އެވެ.
މީސްމީޑިޔާގެ އެކިއެކި ވަސީލަތްތަކުގައި މޮޅެތި ގޮތްގޮތަށް އިޝްތިހާރުކޮށް ޒާތްޒާތުގެ މޮޅެތި ކަންކަން ސިހުރުގެ ތެރެއިން ވާނެ ކަން ދައްކުވައިދީގެން މީހުންގެ ހިތާއި ސިކުޑިއަށް ވާސިލްވުމަށް ޝައިތާނާގެ ވަސްވާހުގައި އެ މަސައްކަތް ކުރަނީ މީ ކިހާބޮޑު ފާފައެއްކަން ހަގީގަތުގައި ވެސް ނޭގިހުރެ ހެއްޔެވެ.؟
ޤުރުއާނުގެ ދަލީލު:
- ބަޤަރާ ސޫރަތުގެ 102 ވަނަ އާޔަތުގައި ބަޔާންވެގެންވަނީ ސިހުރު ދަސްކޮށްދެނީ ޝައިޠާނުން ކަމަށާއި، އެއީ ކުފުރުގެ އަމަލެއް ކަމަށެވެ.
ހަދީޘްގެ ދަލީލު
- ރަސޫލާ ﷺ ހަދީޘް ކުރައްވާފައިވަނީ ހަލާކުކޮށްލަނިވި ހަތް ފާފައަކުން ދުރުހެލިވުމަށެވެ. އޭގެ ތެރޭގައި ޝަރީކުކުރުމަށްފަހު ދެން ބަޔާންކުރައްވާފައިވަނީ ސިހުރު ހެދުމެވެ.
ސިހުރުގެ ސަބަބުން މުޖުތަމައަށް ދިމާވާ އެންމެ ބޮޑެތި މައްސަލަތަކަކީ އާއިލާތައް ރޫޅުމުގެ މައްސަލަތަކެވެ. އެގޮތުން ގިނަ ފަހަރަށް ސިހުރު ހަދަނީ ދެމަފިރިން ދުރުކުރުމަށެވެ. މީގެ ސަބަބުން އާއިލީ ގުޅުންތައް ކެނޑި، ދަރިން ބިކަވެއެވެ. އަދި އާއިލާގެ ތެރޭގައި އެކަކު އަނެކެއްގެ ހަސަދަވެރި ކަމާއި ރުޅިވެރިކަން އިންތިހާ ދަރަޖައަށް އުފުލެމުންދެ އެވެ.

ހަސަދަވެރިކަމާއި، ނަފުރަތު އިތުރުވުމުގެ ސަބަބުން އެމީހާ ނުވަތަ އެބައެއްގެ ތެރޭގައި ބިރުވެރިކަމާއި، ނުތަނަވަސްކަން އިންތިހާ އަށް އިތުރުވެ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި އުޅެން މަބުބޫރު ހާލަތަކލަށްވެސް ދެ އެވެ. މީހުންނަށް ލިބޭ ކުރިއެރުމާއި އުފާވެރިކަމަށް ހަސަދަވެގެން ސިހުރު ހެދުމުގެ ސަބަބުން މުޖުތަމައުގައި އެކަކު އަނެކަކަށް އޮންނަ އިތުބާރު ގެއްލި، ނަފުރަތު އުފެދެއެވެ. މީގެއިތުރުން ސިހުރުގެ ސަބަބުން ބައެއް މީހުންނަށް ދާއިމީ ބަލިތަކާއި، ނަފްސާނީ ބޮޑެތި މައްސަލަތަކާ ކުރިމަތިލާން ޖެހެއެވެ.

ސިހުރުން ރައްކާތެރިވުމަށް އޮތް އެންމެ ބޮޑު ބާރަކީ ﷲ އަށް ކުއްތަންވުމެވެ. ފަރުޟު ފަސް ނަމާދު ގާއިމުކުރުމާއި، ހެނދުނާއި ހވީރުގެ ޛިކުރުތައް ކިޔުމާއި، އާޔަތުލް ކުރްސީ އަދި އިޚްލާޞް، ފަލަޤް، ނާޞް މި ތިން ސޫރަތް ކިޔަވައި އަމިއްލަ ނަފްސަށް ފުމުމަކީ ސިހުރުން ރައްކާތެރިވުމަށް އޮތް އެންމެ ވަރުގަދަ އައްޑަނައެވެ. ސިހުރެއް ޖެހިއްޖެނަމަ، ދެން ދާންޖެހޭނީ ދީނީ ގޮތުން ހުއްދަ "ޝަރުޢީ ރުޤްޔާ" ކުރާ މީހުންގެ ގާތަށެވެ.
ސިހުރު ހެދުމަކީ ދުނިޔެއާއި އާޚިރަތް ގެއްލިގެންދާ ފަދަ ނުރައްކާތެރި ޖަރީމާއެކެވެ. މުޖުތަމައު މި ނުބައިކަމުން ސަލާމަތްކުރެވޭނީ ދީނީ ހޭލުންތެރިކަން އިތުރުކޮށް، ސިހުރު ހަދާ މީހުންނަށް ގާނޫނީ ގޮތުން ހައްގު އަދަބުދެވިގެންނެވެ. އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ކޮންމެ މީހަކުވެސް ފާޅުގައާއި ސިއްރުގައި ﷲ އަށް ބިރުވެތިވެ، މިފަދަ ނުބައި އަމަލުތަކުން ދުރުހެލިވާންޖެހެއެވެ.
ގުޅުން ހުރި ޙަބަރުތައް

އެމްޕީއެލް ސަރަހައްދުން ރަސްފަންނާ ހަމައަށް ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރަނީ
9 ގަޑިއިރު ކުރިން

ރާއްޖެއަށް ބޭނުންވާ ބޭސް ދުރާލާ ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރަނީ
10 ގަޑިއިރު ކުރިން

އާރްޓީއެލްގެ ޕޭމެންޓް ކަލެކްޝަން،، ބީއެމްއެލްގެ ސާރވަރގެ މެއިންޓަނަންސް މަސައްކަތެއް ކުރެވިފައިވާތީ ކުރީގެ މެސެޖެއް ލިބިދާނެ: އެމްޓީސީސީ
14 ގަޑިއިރު ކުރިން

13 ރަށެއްގައި 2100 ހައުސިން ޔުނިޓް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދަނީ
15 ގަޑިއިރު ކުރިން


.gif&w=3840&q=75)