
އާރްޓީއެލްގެ ޕޭމެންޓް ކަލެކްޝަން،، ބީއެމްއެލްގެ ސާރވަރގެ މެއިންޓަނަންސް މަސައްކަތެއް ކުރެވިފައިވާތީ ކުރީގެ މެސެޖެއް ލިބިދާނެ: އެމްޓީސީސީ

ރިޟްވާން މޫސާ - 18 ޖުލައި 2026 - 08:53
އާރުޓީއެލްގެ ޕޭމަންޓް ކަލެކްޝަން އަށް ބޭނުންކުރާ ބީއެލްއެލްގެ ސާރވާގެ މެއިންޓަނަންސް މަސައްކަތެއް ކުރެވިފައިވާތީ އާންމު ދަތުރު ފަތުރު ކުރައްވާ ބޭފުޅުން ކުރިން ކުރައްވާފައިވާ ދަތުރު ތަކާއި ގުޅުންހުރި މުއާމަލާތެއްގެ މެސެޖު ލިބިދާނެތީ ސަމާލުވުމަށް އެދިއްޖެ އެވެ.
އެމްޓީސީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އާރުޓީއެލްގެ ޕޭމަންޓް ކަލެކްޝަން އަށް ބޭނުންކުރާ ބޭންކް އޮފް މޯލްޑިވްސްގެ މެއިންޓެނަނެންސް ސާވާގެ މަސައްކަތެއް ކުރެވިފައިވާތީވެ އާންމު ދަތުރުފަތުރު ކުރައްވާ ބޭފުޅުން ކުރިން ކުރައްވާފައިވާ ދަތުރުތަކާއި ގުޅުން ހުރި މުއާމަލާތެއްގެ މެސެޖެެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެހެންކަމުން މި ކަން ކަސްޓަމަރުންގެ ސަމާލުކަމަށް ގެނެސްދިނުމަށް ބެންކް އޮފް މޯލްޑިވްސް އިން އެދިވަޑައިގަންނަވާފައިވާ ކަމަށެވެ.
މިކަމާއި ގުޅުން ހުރި އިތުރު މައުލޫމާތު ހޯއްދެވުމަށް އެމްޓީސީސީގެ ހޮޓްލައިން ނަމްބަރ 1650 އަށް ގުޅައި ސާފު ކުރެއްވޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.
އާރުޓީއެލްގެ ޙިދުމަތައް އޮންލައިން ކޮށް ޕޭކުރުމަށް ބޭނުންކުރާ ބީއެމްއެލްގެ މެއިންޓެއިންސް މަސައްކަތެއް ކުރަމުންދާތީ ކުރީގެ ދަތުރުތަކުގެ މެސެޖެއް ލިބިދާނެ: އެމްޓީސީސީ
ބީއެމްއެލްގެ މެއިންޓެއިންސް މަސައްކަތެއް ކުރަމުންދާތީ އާރުޓީއެލްގެ ޙިދުމަތް ހޯދާ ފަރާތްތަކަށް ކުރީގެ މެސެޖެއް ލިބިދާނެ: އެމްޓީސީސި
ގުޅުން ހުރި ޙަބަރުތައް

ސިހުރަކީ ކިހާ ނުބައިކަމެއްކަން އެނގޭ ހެއްޔެވެ؟
5 ގަޑިއިރު ކުރިން

އެމްޕީއެލް ސަރަހައްދުން ރަސްފަންނާ ހަމައަށް ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރަނީ
9 ގަޑިއިރު ކުރިން

ރާއްޖެއަށް ބޭނުންވާ ބޭސް ދުރާލާ ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރަނީ
10 ގަޑިއިރު ކުރިން

13 ރަށެއްގައި 2100 ހައުސިން ޔުނިޓް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދަނީ
15 ގަޑިއިރު ކުރިން


.gif&w=3840&q=75)