
13 ރަށެއްގައި 2100 ހައުސިން ޔުނިޓް ތަރައްޤީކޮށްދޭނެ ބަޔަކު ހޯދަނީ

ރިޟްވާން މޫސާ - 18 ޖުލައި 2026 - 07:36
13 ރަށެއްގައި 2100 ހައުސިން ޔުނިޓް ތަރައްޤީކޮށްދޭނެ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މަޝްރޫއަށް ބީލަން ހުށަހެޅޭނީ %100 ދިވެހިންގެ މިލްކުވެރިކަން އޮންނަ ކުންފުނިތަކަށްކަމަށެވެ. މިއީ އަގުހެޔޮ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި، ރޭވުންތެރިކަމާއެކު ރަށްތައް ތަރައްގީކުރުމަށާއި، ދިރިއުޅުމުގެ ފެންވަރު މަތިކުރުމުގެ އިތުރުން ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގެ ގާބިލުކަން އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "ނޭޝަނަލް އެފޯޑަބަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް" ގެ ބައެކެވެ.
ސަރުކާރުން ބިން ހިލޭ ފޯރުކޮށްދޭއިރު، ބިން ހަވާލުކުރާތާ 2 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި ޔުނިޓްތައް ހަވާލުކުރަންޖެހޭނެއެވެ. މި މަޝްރޫގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކެކެވެ. އަދި އެތަންތަނުގައި ޕާކް ކުރެވޭނެ އިންތިޒާމްތަކާއި އިމާރާތުގެ އެންމެ ތިރީގައި ވިޔަފާރީގެ ބޭނުންމަށް ޖާގަ ހަދަން ޖެހެއެވެ.
ހައުސިން ޔުނިޓްތައް ތަރައްޤީ ކުރާ ރަށްތައް:
- ހއ. ހޯރަފުށި: 100 ހައުސިން ޔުނިޓް
- ރ. އުނގޫފާރު: 100 ހައުސިން ޔުނިޓް
- ބ. ތުޅާދޫ: 50 ހައުސިން ޔުނިޓް
- ޅ. ނައިފަރު: 300 ހައުސިން ޔުނިޓް
- މ. މުލި: 100 ހައުސިން ޔުނިޓް
- ދ. މީދޫ: 100 ހައުސިން ޔުނިޓް
- ލ. ގަން: 200 ހައުސިން ޔުނިޓް
- ތިނަދޫ ސިޓީ: 300 ހައުސިން ޔުނިޓް
- ފުވައްމުލައް ސިޓީ: 300 ހައުސިން ޔުނިޓް
- އައްޑޫ ސިޓީ ހިތަދޫ: 300 ހައުސިން ޔުނިޓް
- އައްޑޫ ސިޓީ ފޭދޫ: 200 ހައުސިން ޔުނިޓް
- އައްޑޫ ސިޓީ މަރަދޫ ފޭދޫ 25 ހައުސިން ޔުނިޓް
- އައްޑޫ ސިޓީ މަރަދޫ: 25 ހައުސިން ޔުނިޓް
މި ސްކީމްގެ ދަށުން ކޮންމެ ޕެކޭޖެއްގެ މަދުވެގެން %60 ޔުނިޓް ވިއްކަންޖެހޭނީ ސޯޝަލް ހައުސިންގްގެ ގޮތުގައެވެ. މި އެޕާޓްމަންޓްތަކުގެ ބޮޑުމިނުގައި މަދުވެގެން 900 އަކަފޫޓު ހުންނަންޖެހޭނެ ކަމަށާއި، އެޕާޓްމަންޓެއް ވިއްކޭނެ އެންމެ ބޮޑު އަގަކީ 1.5 މިލިޔަން ރުފިޔާއެވެ.
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި މަޝްރޫޢު ކުރިއަށް ގެންދަން ހޮވޭ ޑިވެލޮޕަރުންނަކީ މާލީ ގޮތުން ދެމެހެއްޓެނިވި، ފެންވަރު ރަނގަޅު، އަދި ގައުމީ ބޯހިޔާވަހިކަމުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން މުޖުތަމައާ ގުޅޭ ރެސިޑެންޝަލް މަޝްރޫއުތަކެއް ހިންގާނެ ފަރާތްތަކަކަށް ވާންޖެހޭނެކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ސިހުރަކީ ކިހާ ނުބައިކަމެއްކަން އެނގޭ ހެއްޔެވެ؟
5 ގަޑިއިރު ކުރިން

އެމްޕީއެލް ސަރަހައްދުން ރަސްފަންނާ ހަމައަށް ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރަނީ
9 ގަޑިއިރު ކުރިން

ރާއްޖެއަށް ބޭނުންވާ ބޭސް ދުރާލާ ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރަނީ
10 ގަޑިއިރު ކުރިން

އާރްޓީއެލްގެ ޕޭމެންޓް ކަލެކްޝަން،، ބީއެމްއެލްގެ ސާރވަރގެ މެއިންޓަނަންސް މަސައްކަތެއް ކުރެވިފައިވާތީ ކުރީގެ މެސެޖެއް ލިބިދާނެ: އެމްޓީސީސީ
14 ގަޑިއިރު ކުރިން


.gif&w=3840&q=75)