
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ނޭޕާލްގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

މުޙައްމަދު ފަޟްލޫން - 28 މޭ 2026 - 07:24
ނޭޕާލުގެ ޖުމްހޫރީ ދުވަހުގެ އުފާވެރި މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެ ގައުމުގެ ވެރިންނަށާއި ރައްޔިތުންނަށް ހެޔޮއެދުންތަކާއި ތަހުނިޔާ ފޮނުއްވައިފިއެވެ.
މި މުނާސަބަތުގެ އުފަލުގައި ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ފޮނުއްވި މެސެޖުގައި، ނޭޕާލުގެ ރައީސް ރާމްޗަންދްރަ ޕޯޑެލްއަށާއި، ބޮޑުވަޒީރަށާއި، އެ ގައުމުގެ ސަރުކާރާއި ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ނޭޕާލް ބިނާކުރުމަށްޓަކައި އެ ގައުމުގެ ރައްޔިތުން ކުރަމުންދާ އަގުހުރި މަސައްކަތްތަކާއި ހޯދަމުންދާ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ނޭޕާލަކީ ފަޚުރުވެރި ތާރީޚެއްގެ އިތުރުން، ތަފާތު މުއްސަނދި ސަގާފަތަކާއި އަމިއްލަވަންތަ ޝަހުސިއްޔަތެއް ލިބިފައިވާ ގައުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ މައްޗަށް ބައްލަވާލައްވަމުން، ރާއްޖެއިން ނޭޕާލާއެކު ބާއްވާ ބަދަހި ގުޅުމަށް ނުހަނު އިސްކަންދޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެއިތުރުން، ދެ ގައުމުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި، ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ނޭޕާލުގެ ޖުމްހޫރީ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ދުވަހުން ރަމްޒުކޮށްދެނީ އެ ޤައުމު ބިނާކުރުމުގައި ރައްޔިތުން ވެފައިވާ ގިނަގުނަ ގުރުބާނީތަކާއި، އެ ގައުމުގެ މިނިވަންކަމާއި މުއްސަނދި ސަގާފަތަށް ދެވޭ ފުރިހަމަ އިޙުތިރާމް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، ދެ ގައުމުގެ ދެމެދުގައިވާ ބަދަހި ގުޅުން ކުރިމަގުގައިވެސް އެގޮތުގައި ދަމަހައްޓަވައި، ދެ ފަރާތަށް ލާބަޔާއި މަންފާލިބޭނެ އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ފުރިހަމަ އިތުބާރު އަރުވަމުންނެވެ.
ކޮންމެ އަހަރެއްގެ މޭ މަހުން 28 ވަނަ ދުވަސް ނޭޕާލުގެ ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، 2008 ވަނަ އަހަރު، އެ ޤައުމު ފެޑެރަލް ޑިމޮކްރެޓިކް ރިޕަބްލިކަކަށް ބަދަލުވި ތާރީޚީ މުނާސަބަތާ ގުޅުވައިގެންނެވެ.
ގުޅުން ހުރި ޙަބަރުތައް

މަސްތުވާތަކެތި ގެންގުޅެ، ވިޔަފާރިކޮށް. ބޭނުންކުރާ ކަމުގެ ތުހުމަތުގަ ހިންނަވަރުން މީހަކު ހައްޔަރަށް
8 މިނިޓު ކުރިން

ރޯވި އަލިފާން، ނިއްވާލައިފި
10 މިނިޓު ކުރިން

ވަންގަވް މެދުވެރިކޮށް 23 އިދާރާއަކުން 400 އަށްވުރެ ގިނަ ހިދުމަތް ދަނީ ފޯރުކޮށްދެމުން
12 މިނިޓު ކުރިން

ސްކޭމްގައި ގެއްލުނު ފައިސާގެ ތެރެއިން 2 ލައްކަ އަށްވުރެ ގިނަ ރުފިޔާ ފުލުހުން ހޯދައިފި
ގަޑިއިރެއް ކުރިން


.gif&w=3840&q=75)