logo
ހުވަދޫ ބަޔަކު މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ފެނުނު ފެހުރިހި.

ހުވަދޫ ބަޔަކު މަސްވެރިކަމަށް ނުކުމެ އުޅެނިކޮށް ފެނުނު ފެހުރިހި.

1000 ރުފިޔާގެ ނޫޓުން ފެންނަ ފެހުރިއްސެއް ހުވަދޫ މަސްވެރިންނަށް ފެނިއްޖެ!

profile

ރިޟްވާން މޫސާ - 09 ޖުލައި 2026 - 10:25

1000 ރުފިޔާގެ ނޫޓުން ފެންނަ ފެހުރިއްސެއް ހުވަދޫ މަސްވެރިންނަށް ފެނިއްޖެ އެވެ.

https://wamco.com.mv/

ހުވަދޫ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ދޯންޏަކަށް، ރާއްޖޭގެ ކަނޑުތަކުން މަދުން ނޫނީ ނުފެންނަ މި ބޮޑު ފެހުރިހި ފެނިފައިވާއިރު މިކަމުގެ ބައެއް ވީޑިއޯތައްވެސް ވަނީ "އަސްލުޓީވީ" އަށް ލިބިފަ އެވެ.

މި ހާދިސާ ހިނގާފައިވަނީ ހުވަދޫ އަތޮޅުގެ މަސްވެރި ދޯންޏެއް އެންދަމަން އުޅުމުގެ ތެރޭގައެވެ. ދޯނީގެ ފަޅުވެރިން މައުލޫމާތު ދޭ ގޮތުގައި، މި ބޮޑު ފެހުރިހި ފެނިފައިވަނީ އެން އޮތްތޯ ބަލަން އުޅެނިކޮށް ދޯނީގެ ދިރުނބާ ފަރާތުންނެވެ.

ފެހުރިއްސަކީ ދުނިޔޭގެ ނިސްބަތުންވެސް ހިމާޔަތްކުރެވިފައިވާ، އަދި ރާއްޖޭގެ ކަނޑުތަކުން ފެނުން މަދު އެއްޗެކެވެ. މިއީ ދިވެހިރާއްޖޭގެ ފައިސާގެ ނޫޓުތަކުގެ ތެރެއިން އެންމެ އަގުބޮޑު ނޫޓު ކަމަށްވާ އެއްހާސް ރުފިޔާގެ ނޫޓުގައިވެސް ކުރަހާފައިވާ، ރާއްޖޭގެ ގުދުރަތީ ރީތިކަން ރަމްޒުކޮށްދޭ ދިރުމެކެވެ.

undefined

ދުނިޔޭގެ ބޭނުންކުރާ ފައިސާގެ ނޫޓްތަކުގެ ތެރެއިން އެންމެ ރީތި ފައިސާގެ ނޫޓުތަކުގެ ތެރޭގައި ރާއްޖޭގެ 1000 ރުފިޔާގެ ނޫޓު ހިމެނެ އެވެ.

މަސްވެރިން ބުނި ގޮތުގައި މި ފެހުރިހި ފެނުމުން އެ ސަރަހައްދުގައި ތިބި ހުރިހާ ފަޅުވެރިންނަށް ލިބުނީ ވަރަށް ހައިރާން ކަމެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk