
އީރާނުން އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް!

ރިޟްވާން މޫސާ - 09 ޖުލައި 2026 - 10:23
ހުރްމުޒް ކަނޑުއޮޅީގައި ދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމަށް ކަމުގައި ބުނެ، އެމެރިކާގެ އަސްކަރިއްޔާއިން އީރާނަށް އައު ޙަމަލާތަކެއް ދިނުމާ ގުޅިގެން، ރައްދުގައި އީރާނުން ވެސް އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ކުވަޔިތާއި ބަޙްރަޔިނަށް ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ.
އެމެރިކާއިން އިސްވެ އީރާނަށް ބޮންއަޅަން ފަށާފައި ވަނީ، އެ ކަނޑުއޮޅިން ދަތުރުކުރި ތިން އުޅަނދަކަށް އީރާނުން ޙަމަލާދީފައިވާ ކަމުގައި ތުހުމަތުކޮށެވެ. މި ކަމާ ގުޅިގެން ޙާލަތު އިތުރަށް ގޯސްވެ، އެމެރިކާއިން ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުމަށް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ ހިޔަނިއެޅިފައެވެ.
އެމެރިކާއިން އިރާނަށް ދިން ހަމަލާތައް އަމާޒުކޮށްފައިވަނީ އެންމެ ބޮޑު ބަނދަރު ކަމުގައިވާ ބަންދަރު ޢައްބާސްއާއި، ޗަބާހާރު އަދި ކޮނަރަކް ހިމެނެއެވެ. މި ޙަމަލާތަކުގެ ސަބަބުން ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް ކެނޑުނެވެ.
އީރާނުން ދީފައިވާ ޙަމަލާތައް އަމާޒުކޮށްފައި ވަނީ ކުވަޔިތާއި ބަޙްރައިންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ޖޫން މަހު ސޮއިކުރި އިބުތިދާއީ އެއްބަސްވުން މިހާރު ނިމުމަކަށް އައިސްފައިވާ ކަމުގައެވެ. އަދި، މަޝްވަރާތަކުގައި އީރާން ތަމްސީލުކުރައްވާ އޮފިޝަލުން ވަނީ، އެމެރިކާގެ ބިރުދެއްކުންތަކަށް ޖެހިލުން ނުވާނެ ކަމުގައި ބުނެ، ހުރްމުޒް ކަނޑުއޮޅީގެ ކަންކަން ނިންމާނީ އީރާނުން ކަމުގައި ބުނެފައެވެ.
ބައިނަލް އަގުވާމީ މަޝްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި އެމެރިކާއިން މާލީގޮތުން ބޮޑެތި ގޮންޖެހުންތަކެއް އޮތް ކަމުގައި ވިނަމަވެސް އީރާނަށް ހަމަލާ ދިނުމުގައި ހުއްޓާނުލާނެ ކަމަށް ވަނީ ފާހަގަކުރެވިފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ސެމީ ފައިނަލުން ފުރުސަތެއް ހޯދުމުގެ އުންމީދުގައި، ކުއާޓާގެ ފައިނަލުގައި މިރޭ ފްރާންސް އަދި މޮރޮކޯ!
6 ގަޑިއިރު ކުރިން

1000 ރުފިޔާގެ ނޫޓުން ފެންނަ ފެހުރިއްސެއް ހުވަދޫ މަސްވެރިންނަށް ފެނިއްޖެ!
7 ގަޑިއިރު ކުރިން

25 އަހަރުގެ ލޯބީގެ ކާވެނި ތަފާތު ފޯރިގަދަކޮށް ގއ. ވިލިގިލީގައި!
ދުވަހެއް ކުރިން

ޚާމަނާއީގެ ހަށިކޮޅު ޢިރާގުގެ ނަޖަފަށް ގެންގޮސްފި
ދުވަހެއް ކުރިން


.gif&w=3840&q=75)