logo
ޒުވާން ގައުމީ ޓީމު.. ފޮޓޯ: އެފްއޭއެމް

ޒުވާން ގައުމީ ޓީމު.. ފޮޓޯ: އެފްއޭއެމް

ސާފް ޗެންޕިއަންޝިޕުގައި ވާދަކުރުމަށް ޒުވާން ގައުމީ ޓީމު ލަންކާއަށް

profile

ހަސަން ޝަމްއޫން - 13 ސެޕްޓެމްބަރު 2025 - 15:26

15 ސެޕްޓެމްބަރ 2025 އިން 27 ސެޕްސެޕްޓެމްބަރ 2025 ގެ ނިޔަލަށް ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ބައްވާ 17 އަހަރުން ދަށުގެ ސާފު ޗެންޕިއަންޝިޕްގައި ވާދަކުރާ ރާއްޖެ ޒުވާން ގައުމީ ޓީމު މުބާރާތުގައި ވާދަކުރަމަށްޓަކައި މިއަދު ފުރައިފިއެވެ.

https://wamco.com.mv/

ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި ކުޅޭ މި ފަހަރުގެ 17 އަހަރުން ދަށުގެ މުބާރާތުގައި ހަތް ގައުމަކުން ވާދަކުރާއިރު، ރާއްޖެ ހިމެނެނީ އިންޑިއާ، ބޫޓާން އަދި ޕާކިސްތާނާއެކު ގްރޫޕް ބީގައެވެ. އަދި ގުރޫޕް އޭގައި ހިމެނެނީ ބަންގްލަދޭޝް އަދި ނޭޕާލްގެ އިތުރުން މުބާރާތް ބާއްވާ ގައުމު ސްރީލަންކާ އެވެ.

މި މުބާރާތުގައި ވާދަކުރުމަށް ޒުވާން ޓީމު ލަންކާއަށް ފުރާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. މި މުބާރާތަކީ ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުގެ މަގާމާ ސޮބާހު މުޙައްމަދު ހަވާލުވި ފަހުން، އެ ޓީމުން ކުޅޭ ފުރަތަމަ މުބާރާތެވެ.

ސާފް ޗެމްޕިއަންޝިޕަށްފަހު 17 އަހަރުން ދަށުގެ ޓީމު ތައްޔާރުވާނީ އަންނަ އަހަރު ބާއްވާ 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިން މެޗުތަކަށެވެ. ކޮލިފައިންގައި ރާއްޖެ ހިމެނެނީ ގްރޫފް އެފްގައެވެ.

ސައުދީ އަރަބިއްޔާގައި ބާއްވާ އޭޝިއަން ކަޕުގެ ކޮލިފައިންގައި ރާއްޖެ ހިމެނޭ ގުރޫޕުގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 22 އިން 30 އަށް ތައިލެންޑުގެ ޗޮންބުރީއެވެ. ކޮލިފައިންގައި ރާއްޖެ ހިމެނޭ ގުރޫޕުގައި ދެން ހިމެނެނީ ތުރުކުމެނިސްތާނާއި، މޮންގޯލިއާ އާއި، ކުވެއިތު އަދި ތައިލެންޑެވެ.

https://wamco.com.mv/
https://www.aslu.com.mv