ސަން ސިޔާމް އޮޅުވެލި މޯލްޑިވްސްގެ ކުޅުންތެރިން.. ދިގަލި ސްޓޫޑިއޯ
ރިސޯޓް ވޮލީ ލީގު: ސައުތު މާލެ ލީގުގެ ޗެންޕިއަންކަން އޮޅުވެލިން ހޯދައިފި

ހަސަން ޝަމްއޫން - 11 ޖުލައި 2025 - 16:26
ވޮލީބޯލް އެކަޑަމީ އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ ރިސޯޓް ވޮލީ ލީގުގެ ސައުތު މާލެ ލީގު ފައިނަލުގައި މިއަދު ހަވީރު ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް އާއި ވޯލްޑޯފް އެސްޓޯރިއާ ވާދަކުރި މެޗު ވާދަވެރި ކުޅުމަކަށްފަހު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އޮލުވެލިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.
މުބާރާތުގެ ފައިނަލުން ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ލީގުބުރުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި ވޯލްޑޯފް އެސްޓޯރިއާ މުބާރާތުގެ ފައިނަލުން ޖާގަހޯދީ ލީގުބުރުގައި ކުޅުނު ދެެޗުން ހޯދި ދެ ޕޮއިންޓާއެކު ލީގުބުރުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.އަދި މިދެޓީމު ލީގުބުރުގައި ވާފަކުރި މެޗު ސީދާ ތިން ސެޓުނަ ކާމިޔާބުކުރީއޮޅުވެލިން މެވެ.
ސަން ސިޔާމް އޮޅުވެލި މޯލްޑިވްސްގައި މިއަދު ހަވީރު ކުޅުނު ފައިނަލުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ސެޓުގައި 23-25 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވޯލްޑޯފް އެސްޓޯރިއާ އިންނެވެ. ނަމަވެސް ޖެހިގެންއައި ދެ ސެޓް ކާމިޔާބުކޮށް އޮޅުވެލިމޯލްޑިވްސް އިން ވަނީ މެޗުގެ ލީޑުހޯދާފައެވެ.
އެގޮތުން މެޗުގެ ދެވަނަ ސެޓް 10 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 15-25 ނަތީޖާއަކުން އޮޅުވެލިން ކާމިޔާބުކުރިއިރު، މެޗުގެ ތިންވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ހަތަރު ޕޮއިންޓްގެ ލީޑަކާއެކު 21-25 ގެ ނަތީޖާއަކުންނެވެ.
ނަމަވެސް މެޗު ހަތަރުވަނަ ސެޓް ހަތް ޕޮއިންޓްގެ ލީޑަކާއެކު 25-18 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ވޯލްޑޯފް އެސްޓޯރިއާ އިން ވަނީ މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. އަދި މިއާއެކު މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު 15 ޕޮއިންޓްގެ ފަސްވަނަ ސެޓް 10-15 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އޮޅުވެލި މޯލްޑިވްސް އިން ވަނީ ތިން ސެޓް ދެ ސެޓުން މެޗު ކާމިޔާބުކޮށް މުބާރާތުގެ ޗެންޕިއަންކަން ހޯދާފައެވެ.
މުބާރާތުގެ ޓްރީމް ޓީމުގައި ހިމެނުނު ކުޅުންތެރިންނަކީ ސައްދާމް ހުސެއިން (ވޯލްޑޯފް އެސްޓޯރިއާ)، މުހައްމަދު ސޮބާހު (އޮޅުވެލި)، އިބްރާހިމް ޝާން ޝިޔާމް (ކަނޑޫމާ)، މާރިފް އަލީ ނަސީރު (އޮޅުވެލި)، އައި ކޮމަންގް (އޮޅުވެލި), އަބްދުالله ޝާކިރު (ވޯލްޑޯފް އެސްޓޯރިއާ) އެވެ. އަދި ބެސްޓް ލިބަރޯއަކީ މުހައްމަދު ޔޫސުފް(ވޯލްޑޯފް އެސްޓޯރިއާ) އެވެ.
މީގެ އިތުރުން މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔަކަށް މުހައްމަދު ޖަޒްލާން ހޮވުނު އިރު، މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ މުހައްމަދު ޝިޔާމު (އޮޅުވެލި މޯލްޑިވްސް) އެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މާރިފް އަލީ ނަސީރު (އޮޅުވެލި މޯލްޑިވްސް) އެވެ.
4 ޖުލައި 2025 އިން 10 ކުލައި 2025 ގެ ނިޔަލަށް ސަން ސިޔާމް އޮޅުވެލި މޯލްޑިވްސްގައި ކުރިއަށްގެންދިޔަ މިމުބާރާތުގައި މިއަހަރު ތިން ޓީމަކުން ބައިވެރިވިއިރު މުބާރާތް ކުރިއަށްދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗުކުޅެ އެންމެ ރަނގަޅު ނަތީޖައެއް ހޯދާ ދެޓީމު ފައިނަލަށް ހޮވޭގޮތަށެވެ.