
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ކުރީގެ ރައީސް ނަޝީދާއި ބައްދަލުކުރެއްވުން / ފޮޓޯ: މޯދީ
މުޙައްމަދު ނަޝީދު އަކީ އަބަދުވެސް އިންޑިއާ އާއި ރާއްޖޭގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތު ކުރައްވާބޭފުޅެއް: މޯދީ

އައިޝަތު އިބްރާހިމް - 26 ޖުލައި 2025 - 07:59
ކުރީގެ ރައީސް ނަޝީދުއަކީ އަބަދުވެސް އިންޑިއާ އާއި ދިވެހިރާއްޖޭގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތު ކުރައްވާ ބޭފުޅެއް ކަމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ
ބޮޑު ވަޒީރު މޯދީ މިފަދައިން ވިދާޅުވީ، ރައީސް މުޢިއްޒުގެ ދަޢުވަތުފުޅަކަށް، ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެއަށް ކުރައްވާ ރަސްމީ ޒިޔާރަތުގެ ތެރެއިން، ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ބައްދަލުކުރައްވާ ސޯޝަލް މީޑީއާގައި ހިއްސާކުރެއްވި މެސެޖުގައެވެ.
ބޮޑުވަޒީރު މޯދީ މި ބައްދަލުކުރެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ނަޝީދުއަކީ އަބަދުވެސް އިންޑިއާ އާއި ދިވެހިރާއްޖޭގެ އެކުވެރިކަމަށް ވަރުގަދައަށް ވަކާލާތު ކުރައްވާ ބޭފުޅެއް ކަމަށެވެ. މި ބައްދަލުކުރެއްވުމުގައި، އިންޑިއާގެ "ނެއިބާހުޑް ފަސްޓް" ސިޔާސަތާއި "މަހާސާގަރުގެ ތަސައްވުރު"ގެ އަގުހުރި ތަނބެއްގެ ގޮތުގައި އަބަދުވެސް ދިވެހިރާއްޖެ އޮންނަ އޮތުމާ ބެހޭގޮތުން ވާހަކަ ދެކެވުނު ކަން އިންޑިޔާގެ ބޮޑުވަޒީރު ހާމަކުރެއްވިއެވެ.
މީގެ އިތުރުން، އިންޑިއާއިން ދިވެހިރާއްޖެއަށް ކެޕޭސިޓީ ބިލްޑިންގއާއި ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ދާއިރާ މެދުވެރިކޮށް އެއްބާރުލުން ފޯރުކޮށްދެމުން ގެންދާނެ ކަމުގެ ޔަޤީންކަންވެސް ބޮޑުވަޒީރު މޯދީ ވަނީ ދެއްވާފައެވެ.
އިންޑިޔާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުގެ ކުރިން ކުރީގެ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހިރާއްޖެ އިގްތިސާދީ ދަތިކަމެއްގައި އޮތް ދަނޑިވަޅެއްގައި، މާލީ ކާރިސާއަކުން ސަލާމަތްވުމަށް އިންޑިއާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވި ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދީ ހަމަޖެހުން ކަށަވަރުކުރުމުގައި އިންޑިއާގެ އެހީތެރިކަމުން މުހިންމު ދައުރެއް އަދާކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.
ގުޅުން ހުރި ޙަބަރުތައް

"ރިޒާވްގައި ދެ ހަފުތާގެ އިމްޕޯޓަށް ވާވަރަށް ވެސް ޑޮލަރެއް ނެތް، މި ސަރުކާރު ހިންގަނީ އެއްވެސް އަމާޒެއް ނެތި"
14 ގަޑިއިރު ކުރިން

ޕާކިސްތާނާއެކު ރާއްޖެ އިން ހެދި އެއްބަސްވުންތަކަށް ފާރަވެރިވާނެ ކަމަށް އިންޑިޔާ އިން ހާމަކޮށްފި!
ދުވަހެއް ކުރިން

ޑިއުޓީ އެލަވަންސް ކުޑައެއް ނުކުރޭ: ސިއްހަތާއި ބެހޭ ވުޒާރާ
2 ދުވަސް ކުރިން

ހުސްވި މަހު ކުޑަކުދިންނަށް ކުރާ އަނިޔާގެ 88 މައްސަލަ ހުށަހެޅިފައިވޭ: ސިއްހީ ވުޒާރާ
2 ދުވަސް ކުރިން


