logo

އޮޑިޓް އޮފީހުގެ އާ އިމާރާތުގެ ބިންގާ އަޅައިފި

profile

އަހުމަދު ޒަލީފު - 10 މާރިޗު 2024 - 21:35

އޮޑިޓް އޮފީހުގެ ބިންގާ އެޅުން

އޮޑިޓް އޮފީހުގެ ބިންގާ އެޅުން

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އައު އިމާރާތުގެ ބިންގާ މިއަދު އަޅުއްވައިދެއްވައިފި އެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހަވީރު ހުޅުމާލޭގެ ފޭސް 1ގަ އެވެ.

ހަ ބުރީގެ އުސްމިނަށް ކުރާ މި އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ އެވެ.

މިއީ ސްޓާފުންނަށް މަސައްކަތްކުރުމަށް އެކަށީގެންވާ މާހައުލެއް ޤާއިމުކުރުމަށް ބޭނުންވާ ޖާގަ ހިމެނޭ އިމާރާތެއްގެ އިތުރުން ސްޓާފުންނަށް ޑޭކެއަރ ސެންޓަރެއް އަދި ޕާކް ކުރާނެ ޖާގަ ހިމެނޭ އިމާރާތެކެވެ. އަދި ލައިބްރަރީއާ އަދި ތަމްރީނުތަކާއި އިވެންޓުތައް ބޭއްވުމަށް ޖާގަ ތަނަވަސް ކޮންފަރެންސް ހޯލެއްވެސް މިއިމާރާތުގައި ހިމެނެ އެވެ.

މިހާރު އޮޑިޓް އޮފީސް ހިންގަމުން އަންނަނީ ވަރަށް ކުރީގެ އިމާރާތެއް ކަމަށްވާ ގާޒީ ބިލްޑިންގަ އެވެ.

https://wamco.com.mv/
tel:+9607331319