logo

ޗައިނާ ދަތުރުން ހޯއްދެވި ކާމިޔާބަށް ޤާސިމްގެ ތަޢުރީފް!

profile

އަހުމަދު ޒަލީފު - 13 ޖެނުއަރީ 2024 - 20:36

—-

—-

ރައީސް ޑރ މުޙައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ހޯއްދެވި ކުރިއެރުމާއި ކާމިޔާބަށް، ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހިމް ތަޢުރީފް ކުރައްވައިފިއެވެ.

މިދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ދެކެވުނު ރަސްމީ ވާހަކަތަކުގެ ތެރެއިން ރާއްޖެ އިން ޗައިނާއަށް ދައްކަން ޖެހޭ ލޯނުތައް ދެއްކުމުގައި ކުރިއަށް އޮތް ފަސްއަހަރު ތެރޭގައި ބޮޑެތި ލުއި ތަކެއް ހަމަޖެހިގެންދާނެކަމުގެ އުފާވެރި ޚަބަރު ދިވެހީންނަށް ދެއްވީތީ ނުހަނު އުފާކުރަމެވެ. - ޤާސިމް ކުރެއްވި އެކްސް ގައި ވިދާޅުވިއެވެ.

މީގެ އިތުރުން ޤާސިމް ވިދާޅުވީ، ދިވެހިރާއްޖެ އަކީ ކިތަންމެ ކުޑަ ޤައުމެއް ނަމަވެސް، ރާއްޖެއަކީ މިނިވަން މުސްތަޤިއްލު ޤައުމެއް ކަމަށާއި، ޗައިނާއިން ރާއްޖޭގެ ސަރަަހައްދީ ނަޒާހަތްތެރިކަމަށާއި މިނިވަންކަމަށް، ފުރިހަމައަށް އިޙްތިރާމުކުރާކަމަށާއި އަދި ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރުގެ ބޮޑު ގްރާންޓެއް މި ދަތުރުފުޅުގައި ލިބިގެންގޮސްފައިވާއިރު، އެތަކެއް ދާއިރާއިން އެތަކެއް ބިލިއަން ޑޮލަރުގެ ތަރައްޤީގެ އއެއްބަސްވުންތަކުގައި ސޮއިކުރެވިގެން ގޮސްފައިވާކަމީ މިދަތުރުފުޅުގެ ސަބަބުން މި ޤައުމަށް ލިބިގެން ދިޔަ ނުހަނު ބޮޑު ކުރިއެރުމެއް ކަމުގައި ދެކޭ ކަމަށެވެ.

އަޅުގަނޑު ޤަބޫލު ކުރާ ގޮތުގައި ދިވެހިރާއްޖޭގެ އެއްވެސް ވެރިޔަކު މިފަދަ ކާމިޔާބު ފުރަމާނަ ދަތުރުފުޅެއް މިހާތަނަށް ކުރައްވާފައި ނުވެއެވެ. މިކާމިޔާބު ދަތުރުފުޅުގެ ސަބަބުން ދިވެހިޤައުމަށް މަނިކުފާނު ހޯއްދަވައިދެއްވި އެހީތެރިކަމާއި، ޤައުމަށް ލިބިގެން ދިޔަ ކުރިއެރުންތަކަށްޓަކައި، އަޅުގަނޑާއި އަޅުގަނޑުގެ ޕާޓީގެ ފަރާތުން މަނިކުފާނަށް ނުހަނު އުފަލާއެކު ޝުކުރާ ތަޙްނިޔާ އާއި މުބާރަކްބާދު ދަންނަވަން - ޤާސިމް އިބްރާހިމް
tel:+9607331319