logo

ޖޭޕީގެ ލީޑަރ ޤާސިމް، ރައީސް ޑރ މުޢިއްޒަށް މަރުޙަބާ ދަންނަވައިފި!

profile

އަހުމަދު ޒަލީފު - 18 ނޮވެމްބަރު 2023 - 13:58

ސަންގު ބަހުސްގެ ތެރެއިން ޤާސިމް ؛ ފޮޓޯ ސަންގު

ސަންގު ބަހުސްގެ ތެރެއިން ޤާސިމް ؛ ފޮޓޯ ސަންގު

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުޥާ އިއްޔެ ކުރެއްވި ޑރ މުޙައްމަދު މުޢިއްޒަށް، ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާޙިމް މަރުޙަބާ ދަންނަވައިފިއެވެ.

އެގޮތުން ޤާސިމް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ކަމުގެ ހުވާ ކުރައްވާ އެ މަސްޢޫލިއްޔަތު އަދާކުރައްވަން ފެއްޓެވުމުގެ ގޮތުން ޤައުމާ މުޚާތަބު ކުރެއްވުމާއި ގުޅިގެން ނުހަނު އިޚްލާޞްތެރިކަމާއެކު މަރުޙަބާ ދަންނަވާ ކަމަށާއި، ރައީސް މުޢިއްޒުގެ ޒަޢާމަތުގައި ދިވެހި ޤައުމަށް ފަހިކަމާއި، ކާމިޔާބީ މިންވަރު ކުރައްވާ ހެޔޮ ދުވަސްތަކެއް މިންވަރު ކުރެއްވުން އެދޭ ކަމަށެވެ.

އިނގިރޭސިވިލާތުން ޑިގުރީން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔަވައިވިދާޅުވި ޑރ.މުޢިއްޒަކީ މާލެ ސިޓީގެ މޭޔަރުކަމަށް މާލޭގެ ހުރިހާ ރައްޔިތުންގެ ވޯޓަކުން އިންތިހާބުވެވަޑައިގެންނެވި ފުރަތަމަ މޭޔަރެވެ. އޭގެ އިތުރަށް އޭނާއަކީ މާލެ ސިޓީގެ މޭޔަރުކަން ޕީޕީއެމް/ޕީއެންސީން ކާމިޔާބުކުރެއްވި ފުރަތަމަ ބޭފުޅާވެސްމެއެވެ.

މާލޭގެ އެންމެ ހިތްފަސޭހަ އެއް ދިމާ ކަމުގައިވާ ޖުމްހޫރީ މައިދާނުގައި މިއަދު ހަވީރު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ހާއްސަ ޖަލްސާގައި ރައީސް މުއިއްޒަށް ހުވައިލެއްދެއްވީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. ރައީސް މުއިއްޒުގެ އިތުރުން އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވެސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ހުވާ ކުރައްވައިފައެވެ. ނައިބު ރައީސް ހުސެއިނަށް ހުވައިލައިދެއްވީ ވެސް އުއްތަމަ ފަނޑިޔާރެވެ.

މި ޖަލްސާ އަށް ބޭރުގެ ވަރަށް ގިނަ އިއްޒަތްތެރިންނާއި ކުރީގެ ބައެއް ރައީސުންނާއި 19 ވަނަ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި ދައުވަތު ލިބުމުން ވަރަށް ގިނަ ބަޔަކު ބައިވެރިވެވަޑައިގަތެވެ. އާންމުންގެ ތެރެއިން ގިނަ ބަޔަކު ހާޒިރުވި ޖަލްސާގައި ބައިވެރިވި މީހުންގެ އަދަދު 4،500 އާ ގާތް ކުރެއެވެ.

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސަކީ މަރްހޫމް މުހައްމަދު އަމީން ދީދީއެވެ. އޭގެ ފަހުން ރާއްޖޭގެ ރައީސްކަން ދެވަނަ ޖުމްހޫރިއްޔާގައި ކުރެއްވީ މަރްހޫމް އިބްރާހިމް ނާސިރާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ފެހި ގާނޫނުއަސާސީގެ ދަށުން މުއިއްޒަކީ ފަސް ވަނަ އަށް ރާއްޖޭގެ ވެރިކަން ކުރައްވާ ރައީސެވެ.

މިއަދު ހަވީރު މާލޭ ޖުމްހޫރީ މައިދާނުގައި އެކަމަށް ބޭއްވި ރަސްމިއްޔާތުގައި ޑރ. މުއިއްޒާއި، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް (ސެމްބެ) އަށް މަގާމުގެ ހުވާލައިދެއްވީ، އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދްނާން އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ގާނޫނީ ހުވާ ކުރެއްވުމާ ގުޅިގެން 21 ބަޑީގެ ސަލާމެއް އަރުވައި، ގައުމީ ސަލާން ކުޅުނެވެ. އަދި ގާނޫނީ ހުވާގެ ލިޔުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒާއި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސައިން މުހައްމަދު ލަތީފް ސޮއިކުރެއްވި އެވެ.
އެ ދެލިޔުމުގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދްނާނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ސޮއިކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒާއި، ނައިބު ހުސައިން މުހައްމަދު ލަތީފް، ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި، މިއަދު ވެރިކަމުގެ ދަައުރު ހަމަކުރެއްވި އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އެ ރަސްމިއްޔާތަށް ބޭރު ގައުމުތަކުގެ އިއްޒަތްތެރިން ވެސް ވަޑައިގެންނެވި އެވެ.

މުއިއްޒު މިއަދު ވެރިކަމަށް ވަޑައިގެންފައި މިވަނީ ރައްޔިތުންނަށް ވަރަށް ގިނަ ވައުދުތަކެއް ވެވަޑައިގަތުމަށް ފަހުގައެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުން ނަމަ، ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތްޕުޅު ކުރައްވާނީ އިހްލާސްތެރިކަމާ އެކުގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމުގައެވެ. އެމަނިކުފާނު ވަނީ ކުރިއަށް އޮތް 100 ދުވަހުގެ ތެރޭގައި ހާސިލް ކުރައްވަން ބޭނުންފުޅުވާ 161 ވައުދު ހިމެނޭ މަގު ޗާޓެއް "14 ހަފްތާ" ނަމުގައި ނެރުއްވައިފައެވެ.

މުއިއްޒު މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި، އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވާނެ މަޝްރޫއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއެވެ. އޭގެ ސަބަބެއްގެ ގޮތުގައި މުއިއްޒު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މިއަދު އޮތް ހާލަތުން ނަގާ ކޮޅަށް ޖެހުމަށް ބަލާއިރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ އިގްތިސާދުގެ މައި ދޮރާށި ކަމަށެވެ. ސައުދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕްގެ ފަރާތުން ހިންގާ މަޝްރޫއު އަވަސްކޮށް ކަނޑައެޅިފައިވާ މުއްދަތަށް ވުރެ 8 މަސް ދުވަސް ކުރިން ނިންމައި، ހިދުމަތްތައް ފެއްޓެވުމަކީ މުއިއްޒުގެ އަމާޒެވެ. މުއިއްޒު ވިދާޅުވި އެމަނިކުފާނު ބޭނުންފުޅު ވަނީ 2024 ގެ އޮކްޓޯބަރު މަހަށްދާ އިރު، އެ މަސައްކަތް ނިންމުމަށެވެ. އެއީ އަށެއްކަ މަސް ދުވަހުގެ އަވަސް މުއްދަތެކެވެ.


tel:+9607331319