logo

ކޯލިޝަންގައި ނެތަސް، ޤާނޫނީ ސަރުކާރަށް އެއްބާރުލުން ދޭނަން - ޤާސިމް

profile

އަހުމަދު ޒަލީފު - 20 ޑިސެމްބަރު 2023 - 17:15

ޤާސިމް ޑރ މުޢިއްޒާ ބައްދަލުކުރެއްވުން

ޤާސިމް ޑރ މުޢިއްޒާ ބައްދަލުކުރެއްވުން

ސަރުކާރާއެކު ކޯލިޝަނެއް އޮތަސް އަދި ނެތަސް ޖުމްހޫރީ ޕާޓީން (ޖޭޕީ) މި ސަރުކާރަށް އެއްބާރުލުން ދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކުގައި ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުވުމަށް ފަހު، ގާސިމް ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ ޖޭޕީން އޭރަކު އޮންނަ ސަރުކާރަކާއެކީ މަސައްކަތް ކުރާނެ ކަމަށާއި ކޯލިޝަނެއް އޮތަސް އަދި ނެތަސް ސަރުކާރަށް އެއްބާރުލުންދޭނެ ކަމަށެވެ.

"ކޯލިޝަނެއް އޮތަސް ނެތަސް ރައީސަށް ދެންނެވީ ގާނޫނާ އެއްގޮތަށް މަސައްކަތް ކުރާ ކޮންމެ ސަރުކާރަކާ އެކު އަޅުގަނޑު ހުންނާނަމޭ. އަޅުގަނޑު މަސައްކަތް ކުރާ ނަމޭ. ޖޭޕީން މަސައްކަތް ކުރާނަމޭ،" ގާސިމް ވިދާޅުވިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވުނު ބައްދަލުވުމުގައި ގާސިމްގެ އިތުރުން އެމްޑީއޭގެ ލީޑަރު އަދި މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި އެމްއެންޕީގެ ލީޑަރު އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާ ވެސް ރައީސް މުއިއްޒު މިއަދު ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުންތަކުގެ ބޭނުމަކީ ކޮބައިކަމެއް ސާފެއް ނުވެއެވެ. ނާޒިމަކީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް މުއިއްޒަށް ތާއީދުކޮށް އެމަނިކުފާނާއެކު މަސައްކަތްކުރެއްވި ދެ ބޭފުޅުންނެވެ. ނަމަވެސް ގާސިމް ވަކި ކޮޅެއް ނަންގަވާފައެއް ނުވެއެވެ.

ސިޔާމްގެ އެމްޑީއޭއިން ފުރަތަމަ ބުރުގައި ތާއީދުކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. ނަމަވެސް، އިންތިހާބު ފުރަތަމަ ބުރަށް ފަހު، ދެވަނަ ބުރުގެ ކުރިން އެމްޑީއޭގެ ތާއީދު ވަނީ އަނބުރާ ގެންގޮސް ރައީސް މުއިއްޒަށް ތާއީދު ކުރައްވައިފައެވެ.

https://int.etukuri.mv/
tel:+9607331319