logo

ވަޒީރުންނަށް ރުހުން ނުދީ ވޯޓު ހޯދަން ނާންނާތި - ޤާސިމް

profile

އަހުމަދު ޒަލީފު - 28 ޖެނުއަރީ 2024 - 11:49

ޤާސިމް ޑރ މުޢިއްޒާ ބައްދަލުކުރެއްވުން

ޤާސިމް ޑރ މުޢިއްޒާ ބައްދަލުކުރެއްވުން

ރައްޔިތުންގެ ފުރިހަމަ އަޣުލަބިއްޔަތުން ގެނައި ސަރުކާރުގެ ވަޒީރުންނަށް ރުހުންނުދީ، މަޖިލިސް އިންތިހާބުގައި ވޯޓު ހޯދުމަށް އެ ރައްޔިތުންގެ ކުރިމައްޗަށް ދިއުމުގެ ބޭނުމެއްނެތް ކަމަށް މާމިނގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ވާހަކަ ދައްކަވަމުން ޤާސިމް ވަނީ އެމްޑީޕީ އަދި ޑިމޮކްރެޓްސްގެ ބޭފުޅުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން ޤާސިމް ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރި ކޮމިޓީން އެއްވެސް ވަޒީރަކަށް ރުހުން ނުދޭންޖެހޭ ސަބަބެއް ފާހަގަކޮށްފައިނުވާ ކަމަށެވެ. ކުރީގެ ސަރުކާރުތަކުން މަޖިލީހަށް ފުރަތަމަ ފޮނުވި ވަޒީރުންގެ މަޖިލީހަށް ރުހުންދީފައިވާކަން ފާހަގަކުރައްވާ ޤާސިމް ވިދާޅުވީ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އުޅޭ ކަމަށް އަޑު ފެތުރިފައިވާ ކަމަށެވެ. އަދި ޤާސިމް ވަނީ އެ ބޭފުޅުންނަކީ ތައުލީމީގޮތުން ޤާބިލު ބޭފުޅުންނަށް ނުވަނީތޯ ސުވާލު އުފައްދަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް ނަމަވެސް ރައްޔިތުން ރިޔާސީ އިންތިހާބުގައި އެހެން ކެންޑިޑޭޓަކަށް ވޯޓުދިނީ އޭރުއޮތް ސަރުކާރާމެދު ހިތްހަމަ ނުޖެހިގެން ކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ބޭފުޅަކަށް ރުހުން ނުދިނުމަކީ ގައުމު އިނދަ ޖައްސާލުމާއި ގައުމު ހަލާކުކޮށްލުމަށް ކުރައްވާ މަސައްކަތެއް ކަމަށާއި، އެކަމަކީ އަމިއްލަ އެދުން ކުރިއަށް ނެރެގެން ކުރާ މަސައްކަތްކަމަށް ޤާސިމް ވިދާޅުވިއެވެ.

މީގެއިތުރުން ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުން ހުރިހާ ވަޒީރުންނަށް ރުހުން ދޭންޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ ނިންމުން ބަލައިނުގަނެ ވަޒީރުންނަށް ރުހުން ނުދީ، މާދަމާ ނިކުމެ ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލައިގެން ރައްޔިތުންގެ ވޯޓު ހޯދުމަށް ދިއުމުގެ ބޭނުމެއް ނެތްކަމަށްވެސް ވިދާޅުވިއެވެ.

https://int.etukuri.mv/
tel:+9607331319