logo
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު  / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

ބްރެޒިލްގެ އައު ރައީސް އަށް ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވައިފި

profile

މުޙައްމަދު ފަޟްލޫން - 27 އޮކްޓޯބަރު 2026 - 10:41

ފެޑަރަލް ރިޕަބްލިކް އޮފް ބްރެޒިލްގައި ބޭއްވި ޢާންމު އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އެގައުމުގެ ރައީސް، ހިޒް އެކްސަލަންސީ ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާއަށް ރައީސް ޑރ މުހައްމަދު މުއިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

https://wamco.com.mv/

ރައީސް މުއިއްޒުގެ މެސެޖުގައި، މި އިންތިހާބުގައި ރައީސް ޑަސިލްވާއަށް، ލިބިވަޑައިގެންނެވި ކާމިޔާބީއަކީ އެމަނިކުފާނުގެ ޒަޢާމަތަށް ބްރެޒިލްގެ ރައްޔިތުންގެ މެދުގައި އޮތް އިތުބާރާއި ޔަޤީންކަން ހާމަވެގެންދިޔަ ކަމެއް ކަމުގައި ފާހަގަކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިހްލާސްތެރިކަމާއެކު މަރުޙަބާ ދަންނަވާފައި ވެއެވެ.

މީގެ އިތުރުން، ރައީސް ޑަސިލްވާ ބްރެޒިލް އަށް ކޮށްދެއްވަމުން ގެންދަވާ އިހްލާސްތެރި ހިދުމަތްތައް ފާހަގަކުރައްވައި، ކުރިމަގުގައި އިތުރު ކާމިޔާބުތައް ހާސިލްވުމަށް އެދިވަޑައިގަންނަވާ ކަމުގައި ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑަސިލްވާއަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަމަށް އެދިވަޑައިގަންނަވަމުން، ބްރެޒިލްގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ކުރިއެރުމާއި ފާގަތިކަމަށް ވެސް ރައީސް މުއިއްޒު އެދިވަޑައިގެންފައިވެއެވެ.

https://wamco.com.mv/
tel:+9607331319