
ވިޔަފާރިތަކުގެ ކަންބޮޑުވުންތައް ހުށަހެޅުމަށް ހާއްސަ ޕޯޓަލެއް ތަޢާރަފުކޮށްފި

އާމިނަތު ޝަޒްލާ - 10 ސެޕްޓެމްބަރު 2026 - 13:21
ވިޔަފާރިވެރިންނަށް ދިމާވާ އެކި ކަހަލަ ގޮންޖެހުންތަކާއި، ދަތިތަކުގެ އިތުރުން ކަންބޮޑުވުންތައް ސަރުކާރާ ހިއްސާކުރުމުގެ އިންތިޒާމު އިތުރަށް ހަރުދަނާކޮށް ލުއިފަސޭހަކޮށްދިނުމުގެ މަގުސަދުގައި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ޚާއްސަ އޮންލައިން ޕޯޓަލެއް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
"ބިޒްނަސް ފެސިލިޓޭޝަން ޕޯޓަލް" ގެ ނަމުގައި ތައާރަފުކުރެވުނު މި ޒަމާނީ ޕްލެޓްފޯމާ ގުޅޭގޮތުން އެ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މީގެ ކުރިން އަމަލުކުރަމުން އައި އީމެއިލް ކުރުމާއި، ފޯނުން ގުޅުމާއި ނުވަތަ މިނިސްޓްރީއަށް ހާޒިރުވެގެން މައްސަލަތައް ހުށަހެޅުމުގެ ބަދަލުގައި، މިހާރު މި ޕޯޓަލް މެދުވެރިކޮށް ވިޔަފާރިވެރިންނަށް ދިމާވާ ކޮންމެ މައްސަލައެއްވެސް ވަގުތުން ވަގުތަށް، އެއްވެސް ތަކުލީފަކާ ނުލައި ހުށަހެޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
މީގެ އިތުރުން، މި ޕޯޓަލް ފަރުމާކުރެވިފައިވަނީ ހަމައެކަނި ޝަކުވާ ހުށަހެޅުމަށް އެކަންޏެއް ނޫނެވެ. ވިޔަފާރިތަކުން ހުށަހަޅާ މައްސަލަތައް ކުރިއަށްދާ މަރުހަލާތައް ވަގުތުން ޓްރެކްކޮށް ބެލެހެއްޓުމާއި (މޮނީޓާ ކުރުން)، ކަމާބެހޭ އިދާރާތަކުން އެ މައްސަލަތަކަށް އަވަސް ފިޔަވަޅު އަޅައި، މުޅި މައްސަލަ އޮންލައިންކޮށް ހައްލުކުރުމުގެ ފުރިހަމަ ނިޒާމެއް މި ޕޯޓަލްގެ ތެރެއިން ވަނީ ގާއިމުކުރެވިފައެވެ.
މި ޚިދުމަތަކީ ދިވެހިރާއްޖޭގެ ވިޔަފާރިވެށި އިތުރަށް ހަރުދަނާކޮށް، ވިޔަފާރިވެރިންނަށް ދިމާވާ އިދާރީ އަދި އެހެނިހެން ހުރަސްތައް ނައްތާލައި، ފަސޭހަކަމާއެކު ވިޔަފާރި ކުރިއެރުވުމަށް އެހީތެރިވެދިނުމުގެ ގޮތުން އެޅުނު ވަރަށް މުހިންމު އަދި ބޭނުންތެރި ފިޔަވަޅެއް ކަމުގައި އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
ގުޅުން ހުރި ޙަބަރުތައް

މާލީ މުސްތަޤްބަލާއި ޕެންޝަނަށް ޒުވާނުން އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
21 މިނިޓު ކުރިން

ސިނަމާލެ ބްރިޖަށް ގެއްލުމެއް ލިބިފައިވޭތޯ ބަލަނީ
ގަޑިއިރެއް ކުރިން

ޤުރްއާން ތިލާވަތުކުރުމާއި އެ ފޮތުގެ ޢިލްމު އުނގެނުމުގައި ދެމިތިބުމަށް، ނައިބު ރައީސްގެ އިލްތިމާސް!
ގަޑިއިރެއް ކުރިން

ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަކަށް މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެވަޑައިގަންނަވަނީ
2 ގަޑިއިރު ކުރިން


