logo

ތިލަފުށީ ބަނދަރު މަޝްރޫޢާ ގުޅޭގޮތުން އެމްޕީއެލް އިން އޭޖެންޓުންނާ މަޝްވަރާކޮށްފި

profile

އާމިނަތު ޝަޒްލާ - 07 އޯގަސްޓު 2026 - 01:39

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢޫއާ ގުޅިގެން، މޯލްޑިވްސް ޕޯޓްސްލިމިޓަޑް (އެމް.ޕީ.އެލް) ގެ ސްޓޭކްހޯލްޑަރުންގެ ތެރެއިން، ޝިޕިންގ އޭޖެންޓުންނާއި،އެއަރލައިން އޭޖެންޓުންގެ އިތުރުން ފްރައިޓް ފޯވަރޑަރުންނާ މިއަދު ބައްދަލުކޮށްފިއެވެ.

ހޮޓެލް ޖެންގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމަކީ، މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށްބަދަލުކުރުމާ ގުޅިގެން އެމް.ޕީ.އެލްގެ ސްޓޭކްހޯލްޑަރުންނާއެކު ސިލްސިލާކޮށް ބާއްވަމުންއަންނަ މަޝްވަރާތަކުގެ ތެރެއިން ކުރިއަށްދިޔަ މުހިންމު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ، މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި ގުޅިގެން، އެމް.ޕީ.އެލްގެ އެންމެ މުހިންމު އެއް ސްޓޭކްހޯލްޑަރުންތައްް ކަމުގައިވާ ޝިޕިންގއޭޖެންޓުންނާއި، "ސީ-ޓު-އެއަރ ކާގޯ" ގެ ޚިދުމަތް ދެމުންދާ އެއަރލައިންތަކުގެ އޭޖެންޓުންގެއިތުރުން، ފްރައިޓް ފޯވަރޑަރުންގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ.

https://wamco.com.mv/

undefined

މި ބައްދަލުވުމުގައި ބައިވެރިންވަނީ ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި ގުޅިގެންއޮޕަރޭޝަނަލް ލެވެލްގައި ރަނގަޅު ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން އެ ބޭފުޅުންގެ ތަޖުރިބާގެއަލީގައި ޚިޔާލުތަކެއް ހިއްސާކުރައްވާފައެވެ.

މި މަޝްރޫޢާ ގުޅިގެން އެމް.ޕީ.އެލް އިން މިހާތަނަށް ވަނީ ސަރުކާރުގެ މިނިސްޓްރީތަކާއި،ކަމާގުޅޭ މުއައްސަސާތަކުގެ އިތުރުން ވިޔަފާރިވެރިންނާއި ވެސް ބައްދަލުކޮށްފައެވެ. އަދިކުރިއަށް އޮތް ތަނުގައި އެހެނިހެން ސްޓޭކްހޯލްޑަރުންނާ ބައްދަލުކުރުމަށް ވެސް ވަނީރޭވިފައެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ މިހާރުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިއްމު މަޝްރޫޢެެކެވެ.ތިލަފުށީ ބަނދަރު ތަރައްގީކުރެވިގެންދާނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ވަޞީލަތްތައް ހިމެނޭ ބަނދަރެއް ގޮތަށެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މުހިންމު އިޤްތިޞާދީ ވައުދުފުޅެކެވެ. އެގޮތުން މި ބަނދަރު ވެގެންދާނީ ވިޔަފާރިވެރިންނާއި މި ކުންފުނީގެ އެހެނިހެން ސްޓޭކްހޯލްޑަރުންނަށް 24 ގަޑިއިރު ޚިދުމަތް ދެވޭނެ ފުރިހަމަ ނިޒާމެއް ގާއިމުވެފައިވާ ތަނަކަށެވެ. އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ޚިދުމަތަށް ހުޅުވުމަށް އަމާޒު ހިފާފައިވާ މި ބަނދަރު ވެގެންދާނީ، ޒަމާނީވަޞީލަތްތަކާއެކު ތަރައްޤީކުރެވޭ "ސްޓޭޓް އޮފް ދި އާޓް" މަލްޓި-ޕަރޕަސް ބަނދަރަކަށެވެ.

https://wamco.com.mv/
tel:+9607331319