logo

ޖަމީލްގެ މަރާ ގުޅުން ހުރި އެއްވެސް ކަމެއް ނުފޮރުވާނަން: މިނިސްޓަރ އިހުސާން

profile

ޝުރުފާ މުހަންމަދު - 29 ޖޫން 2024 - 21:50

ދާހިލީ ވަޒީރު އަލީ އިހުސާން

ދާހިލީ ވަޒީރު އަލީ އިހުސާން

ޝަރީއަތް ނިމެންދެން ޖަލު ބަންދުގައި ހުއްޓާ އިއްޔެ މަރުވި މުހައްމަދު ޖަމީލުގެ މަރުގެ މައްސަލައާ ގުލިގެން އެއްވެސް ކަމެއް ނުފޮރުވާނެ ކަމަށާއި، ހުރިހާ ކަމެއް ވެސް ފުރިހަމައަށް ހާމަކުރައްވާނެ ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ އިހުސާން މިހެން ވިދާޅުވީ، ޖަމީލުގެ މަރަކީ ކަމާ ގުޅޭ އިދާރާތަކުގެ އިހުމާލުގެ ސަބަބުން ހިނގާފައިވާ ކަމެއް ކަމަށް ތުހުމަތުކޮށް ޑިޓެއިނަރސް ވޮޗުން ނެރެފައިވާ ރިޕޯޓަކަށް ރައްދު ދެއްވަމުންނެވެ. އެ ރިޕޯޓުގައިވާގޮތުން ޖަމީލަކީ ނަފްސާނީ ބައްޔެއް ކަމުގައިވާ މެނިކް ޑިޕްރެޝަންއާއި ސްކިޒޯއެފެކްޓިވް ޑިސްއޯޑާ ހުންނަ މީހެކެވެ. އަދި ދެ އަހަރަށް ވުރެ ދިގު މުއްދަތެއް ވަންދެން އޭނާގެ މައްސަލަ ނުބަލައި ޖަލުގައި ބަހައްޓަފައި ހުރީ އޭނާއަށް ބޭނުންވާ ނަފުސާނީ ފަރުވާ ނުދީ ކަމަށް ރިޕޯޓުގައި ބުނެ އެވެ.

މިކަމަށް ރައްދު ދެއްވާ މިނިސްޓަރ އިހުސާން ވިދާޅުވީ އެ ރިޕޯޓު ތައްޔާރުކޮށްފައިވަނީ މިނިސްޓްރީ އާ ވެސް އަދި ކަމާ ގުޅުން ހުރި އެއްވެސް އިދާރާ އަކުން އެކަމުގެ މައުލޫމާތު ސާފުނުކޮށް ކަމަށެވެ.

"ބަލަހައްޓަނީ އަޅުގަނޑުމެން. ބެލެހެއްޓި ގޮތް އެހެން ފަރާތަކުން ކީމަ ކަމަކުނުދާނެ އެއްނުންތޯ އަޅުގަނޑުމެން ކައިރީ ނާހާ." މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ ވަނީ ޑިޓެއިނަރސް ވޮޗުން އާންމުކޮށްފައިވާ ރިޕޯޓުގައިވާ ބައެއް މައުލޫމާތުތައް ދޮގުކޮށްފަ އެވެ. އެގޮތުން އެމީހާގެ ބަލި ހާލަތަށް އެކަށިގެންވާ ބޭސްފަރުވާ ނުދޭ ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވާތީ މިނިސްޓަރ ވިދާޅުވީ ކަރެކްޝަނުން އެމީހާގެ ކަންކަން ބަލަހައްޓާފައި ވަނީ ރަނގަޅަށް ކަމަށާއި، ބޭސްފަރުވާގެ ކަންކަން ވެސް ފުރިހަމަކޮށްފައިވާ ކަމަށެވެ.

"އެމީހާ އަށް ދޭން ޖެހޭ ބޭސް ބަރާބަރަށް ދެވިފަ ހުރީ. އެކަމުގެ ރިކޯޑުތައް ބެލެހެއްޓިފަ އެބަހުރި. ޑޮކްޓަރަށް ދައްކަން ޖެހޭ ހާލަތްތަކުގައި ޑޮކްޓަރަށް ވެސް ދައްކާފައި ހުރިކަން ރިކޯޑްތަކުން އެބަ އެނގޭ."

ވިދާޅުވީ މި މައްސަލާގެ ހުރިހާ ކަމެއް ވެސް ވަރަށް ހާމަކަން ބޮޑުގޮތެއްގައި ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށެވެ. އަދި މިކަމުގައި ފޮރުވާނެ އަދި އޮޅުވާލާނެ އެއްވެސް ކަމެއް ނެތްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، އާއިލާއިން ވެސް އަދި މިފަދަ ކަންކަން ތަހުގީގުކިރާ ޖަމިއްޔާތަކާއި އިދާރާތަކަށް ވެސް ޖަލުގެ ގޮޅިއާއި، މިކަމާ ގުޅުން ހުރި ހުރިހާ މައުލޫމާތެއް ދައްކާ ހިއްސާކުރައްވާނެ ކަމަށެވެ.

މިފަދަ ހައްސާސް މައްސަލަތަކުގައި ރިޕޯޓުތައް ނެރުއްވާ މައުލޫމާތު ހާމަކުރާއިރު، މިއަށް ވުރެ ޒިންމާދާރުވެ ފުރިހަމައަށް އެކަން ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

tel:+9607331319