logo

ސިޔާސީ ލީޑަރުން ވަނީ މިގައުމުގެ ޖީލެއް ހަލާކުކޮށްލާފައި: ނައިބު ރައީސް

profile

އާމިނަތު ޝަފާ - 06 އޯގަސްޓު 2024 - 22:42

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް

ރައްޔިތުންގެ މެދުގައި ނަފުރަތު އުފައްދައި ސިޔާސީ ވެރިންވަނީ ޖީލެއް ހަލާކުކޮށްލާފައި ކަމަށާއި އެފަދަ ދެވަނަ ފުރުސަތެއް ދެވަނަ ފަހަރަށް ނުދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިންވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގައި ހިފަހައްޓާނެ އަސާސްތަކެއް ހުންނާނެ ކަމަށެވެ. އަދި ރައީސް މުއިއްޒަކީ ގާނޫނީ ވެރިކަން ނަގަހައްޓާނެ ވެރިއެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމެއްގެ ހައްލު ހޯދުމަށް ރައީސް ޑރ. މުއިއްޒު މަސައްކަތް ކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ނައިބު ރައީސްވަނީ ރައްޔިތުންނަށް ދެއްވާފައެވެ.

މާޒީން ލިބުނީ ވަރަށް ހިތި ތަޖުރިބާއެއް. ކުރީގެ ސިޔާސީ ލީޑަރުން ޖީލެއް ހަލާކުކޮށްލާފައި އެތިބީ. އޭގެ ހިތި ނަތީޖާ މިއަދުވެސް މުޖުތަމައުތެރޭގައި މި ފެންނަނީ".

ނައިބު ރައީސް ވިދާޅުވީ ސަރުކާރު ވެރިކަމާ ހަވާލުވީިއިރު ގާނޫނީ ހުރިހާ މުއައްސަސާއެއް އޮތީ ޕެރަލައިޒްވެފައިކަމަށެވެ.

ގާނޫނީ ވެރިކަން ދަމަހައްޓާނެކަމުގެ ފުރިހަމަ ޔަގީންކަން ރައްޔިތުންނަށް ތަކުރާރުކޮށް ދެއްވައި ނައިބު ރައީސް ވިދާޅުވީ ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ ރައްޔިތުން ބޭނުންވާ މަންޒިލަށް މި ގައުމު ވާސިލްކޮށްދެވޭނެ ވަރުގެ ވެރިއެއްކަމަށާއި އަދި އެ ގާބިލުކަން އެމަނިކުފާނުގެ އެބަހުރިކަމަށެވެ.

https://wamco.com.mv/
tel:+9607331319