
ރާއްޖެތެރެ 56 ރަށަކަށް އެމްބިއުލައިންސް ފޯރުކޮށްދީ ނިންމައިފި

ރިޟްވާން މޫސާ - 25 ފެބްރުއަރީ 2026 - 11:05
އެމްބިއުލައިންސްގެ ޙިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށް ދިނުމުގެ ގޮތުން ރާއްޖެ ގެނައި 56 އެމްބިއުލައިން ރަށްރަށަށް ފޯރުކޮށްދީފި އެވެ.
އެމްބިއުލައިންސް ތައް ރާއްޖެ ގެނެސް ރަށްރަށަށް އެމްބިއުލައިންސް ފޮނުވައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑް އެމްޕީއެލް އިންނެވެ.
މިނިސްޓްރީ އޮފް ހެލްތް އިން ހިންގާ މި ޕްރޮގްރާމުގެ ދަށުން ކޮންޓެކްޓާރ ފައިނޭންސް އުސޫލުން ރާއްޖެއަށް 56 އެމްބިއުލައިންސް ގެނައުމަށް އެމްޕީއެލް އާއި ހަވާލުކުރީ 2025 ވަނަ އަހަރުގެ ތެރޭގަ އެވެ.
އެމްޕީއެލް އިން ރާއްޖެތެރެއަށް ހާއްސަކޮށްގެން ގެނައި 56 އެމްބިއުލައިންސްގެ ތެރެއިން ރާއްޖެތެރެއަށް ފޮނުވާފައި ވަނީ 55 އެމްބިއުލައިންސް އެކެވެ. ބާކީ އެމްބިއުލައިންސް ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ހަދިޔާކޮށްފަ އެވެ.
އެމްބިއުލައިންސް ތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް އެމްޕީއެލް އިން ފަށާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުގަ އެވެ.
އެމްބިއުލައިންސް ތައް ހަވާލުކުރުމުގެ އިތުރު އެތަކެތި ދުއްވުމާއި، މަރާމާތުކޮށް ބެލެހެއްޓުމުގެ ފަންނީ މައުލޫމާތު އެމްޕީއެމްގެ މެކޭނިކަލް ޓީމުން ވަނީ ހޮސްޕިޓަލްތަކުގެ މުއައްޒަފުންނަށް ފޯރުކޮށްދީފަ އެވެ. އަދި މިހާރު ބޭނުންކުރަމުންދާ ބައެއް އެމްބިއުލައިންސް ތަކަށް ދިމާވެފައިވާ މައްސަލަތައް ދެނެގަތުމަށް އެހީތެރިވެދީފަ އެވެ.
ގުޅުން ހުރި ޙަބަރުތައް

އެސްޓިއޯ އިން ފިޔާ އަލުވި އަގުހެޔޮކޮށްފި
5 ގަޑިއިރު ކުރިން

މިދިޔަ ހަފްތާ އެކަނިވެސް މަސްވެރިންނަށް 4 މިލިއަން ރުފިޔާ
5 ގަޑިއިރު ކުރިން

ހުޅަނގު އައްސޭރި ފޭރިގަތުމަށް ޔަހޫދީން ނިންމި ނިންމުން ގިނަ ޤައުމުތަކަކުން ކުށްވެރިކޮށްފި
5 ގަޑިއިރު ކުރިން

ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް! ނިޔާވީ ދަރަވަންދޫ ޒުވާނެއް
6 ގަޑިއިރު ކުރިން


.gif&w=3840&q=75)