
މިދިޔަ ހަފްތާ އެކަނިވެސް މަސްވެރިންނަށް 4 މިލިއަން ރުފިޔާ

ރިޟްވާން މޫސާ - 25 ފެބްރުއަރީ 2026 - 08:42
މިދިޔަ ހަފްތާގައި އެކަނިވެސް މަސްވެރިންނަށް 4 މިލިޔަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
130 ދޯންޏަކުން ވަނީ މިދިޔަ ހަފްތާގައި މަސްކިރުވާފަ އެވެ.
ސަރުކާރުގެ މަސްކުންފުނި މިފްކޯއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަައް ދައްކާގޮތުގައި މިދިޔަ ހަފްތާގައި މިފްކޯއަށް 136 ދޯންޏަކުން ވަނީ މަސްކިރުވާފައެވެ. އެ ދޯނިތަކަށް މުޅި ޖުމްލަ 4،867،619 ރުފިޔާ ވަނީ ދޫކޮށްފައެވެ.
މި މުއްދަތުގެ ތެރޭގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ، މިމަހުގެ 16ވަނަ ދުވަހުއެވެ. އެގޮތުން އެ ދުވަހު މިފްކޯއަށް މަސްކިރުވި 31 ދޯންޏަކަށް މުޅި ޖުމްލަ 1،010،478 ރުފިޔާ ވަނީ ދޫކޮށްފައެވެ.
މިއާއެކު، މިމަހުގެ މިހާތަނަށް މަސްވެރިންނަށް މުޅި ޖުމްލަ 16 މިލިއަނަށް ވުރެ ރުފިޔާ ވަނީ ދޫކޮށްފައެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއެރުވުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެކެވެ. އެގޮތުން މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.
ރާއްޖޭގައި މަސް ރައްކާ ކުރުމުގެ ޤާބިލްކަން ދެގުނަ ކުރުމަށާއި، ޕްރޮސެސިންގ ފެސިލިޓީތައް ތަރައްޤީ ކުރުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން، މި ސިނާޢަތް ސިންދަފާތު ކުރުމަށްވެސް ޕްލޭންތަކެއް ހަދައި މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ފުޅާކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އެސްޓިއޯ އިން ފިޔާ އަލުވި އަގުހެޔޮކޮށްފި
2 ގަޑިއިރު ކުރިން

ހުޅަނގު އައްސޭރި ފޭރިގަތުމަށް ޔަހޫދީން ނިންމި ނިންމުން ގިނަ ޤައުމުތަކަކުން ކުށްވެރިކޮށްފި
2 ގަޑިއިރު ކުރިން

ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް! ނިޔާވީ ދަރަވަންދޫ ޒުވާނެއް
2 ގަޑިއިރު ކުރިން

ފ އަދި ދ އަތޮޅުގައި އާރްޓީއެލްގެ ދަތުރުތަކަށް އަގު ނަގަން ފަށައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)