logo

ހުޅަނގު އައްސޭރި ފޭރިގަތުމަށް ޔަހޫދީން ނިންމި ނިންމުން ގިނަ ޤައުމުތަކަކުން ކުށްވެރިކޮށްފި

profile

ރިޟްވާން މޫސާ - 25 ފެބްރުއަރީ 2026 - 08:42

ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ބިންތަކަށް ޣައިރުޤާނޫނީ ބާރު ހިންގައި، އެ ބިންތައް ފޭރިގަތުމަށް ޔަހޫދީ އިސްރާއީލުން ނިންމި ނިންމުން ކުށްވެރިކޮށް، ގިނަ ޤައުމުތަކެއްގެ ޚާރިޖީ ވަޒީރުން ގުޅިފައިވާ ބަޔާނެއް ނެރުއްވައިފިއެވެ.

https://wamco.com.mv/

މެދުއިރުމަތީގެ މުސްލިމުންގެ ބިންތަކަށް ޔަހޫދީން އަތްގަދަ ކުރަމުންދާތީ އަރަބި ގައުމުތަކުން ވަނީ އެކަންކަން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކޮށްފަ އެވެ.

ހުޅަނގު އައްސޭރީގެ ބިންތަކަށް ވެރިވެގަތުން ފަސޭހަ ކުރުމަށް އިސްރާއީލު ކެބިނެޓުން ނިންމާފައިވާ ނިންމުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައިވާ ޤައުމުތަކުގެ ތެރޭގައި ބްރެޒިލް، ފަރަންސޭސިވިލާތް، ސްޕެއިން އަދި ތުރުކީވިލާތުގެ އިތުރުން ސަޢޫދީ ޢަރަބިއްޔާ، މިޞްރު، ޤަޠަރު، އަދި ޢަރަބި ލީގާއި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ މެންބަރު ޤައުމުތައް ހިމެނެއެވެ.

ތުރުކީވިލާތުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ފަލަސްޠީނުގެ ރައްޔިތުންގެ ބިންތަކަކީ ޔަހޫދީ ދައުލަތުގެ ބިންތަކެއްގެ ގޮތުގައި ކަނޑައެޅުމާއި، ޣައިރުޤާނޫނީ ގޮތުން އެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުން ހިމެނެއެވެ. އަދި، އެ ބިންތަކުގެ މައްޗަށް ޔަހޫދީންގެ އިދާރީ ހިންގުން ފުޅާކޮށް، ވަރުގަދަ ކުރުން ހިމެނެއެވެ.

ހުޅަނގު އައްސޭރީގެ ބިންތަކުގެ މައްޗަށް އޮތް ކޮންޓުރޯލު އިތުރަށް ފުޅާކުރުމަށް އިސްރާއީލުގެ ކެބިނެޓުން ނިންމާފައި ވަނީ ފެބުރުވަރީ 15ވަނަ ދުވަހުއެވެ. އަދި، ޔަހޫދީ ވަޒަންވެރިންނަށް އެ ބިންތަކުގެ މިލްކުވެރިކަން ހޯދުމަށް ފަސޭހަ ކޮށްދިނުމަށް ފިޔަވަޅުތަކެއް އެޅުމަށް ވެސް ޔަހޫދީ ކެބިނެޓުން އޮތީ ނިންމާފައެވެ.

ހުޅަނގު އައްސޭރިއަކީ ޔަހޫދީން ވެރިވެގަނެފައިވާ ފަލަސްޠީނުގެ ބިމެކެވެ. އެއީ، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމަށް އެ މީހުން އުންމީދު ކުރާ މައިގަނޑު އެއް ސަރަޙައްދެވެ. ނަމަވެސް، އެ ބިން މިހާރު ވެސް އޮތީ ޔަހޫދީ ފައުޖުގެ ބާރުގެ ދަށުގައެވެ. ފަލަސްޠީނުގެ ސަރުކާރަށް އޮތީ އިދާރީ ގޮތުން މަދު ބާރުތަކެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk