logo

ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް! ނިޔާވީ ދަރަވަންދޫ ޒުވާނެއް

profile

ރިޟްވާން މޫސާ - 25 ފެބްރުއަރީ 2026 - 08:14

ސިނަމާލެ ބްރިޖު ކައިރިން ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެގެން ރޭ ހިނގި އެކްސިޑެންޓެއްގައި ނިޔާވި ކުއްޖާގެ ޖަނާޒާ މިއަދު އަސުރު ނަމާދަށް ފަހު ބާއްވަން ނިންމައިފިއެވެ.

https://wamco.com.mv/

ރޭ ދަންވަރު ހިންގި އެކްސިޑެންޓްގައި ނިޔާވެފައި އެކްސިޑެންޓް ހިނގިު އިރު ސައިކަލްގެ ފަހަތުގައި އިން ވަނީ ބ.ދަރަވަންދޫ ހިޔަލީ ގުލްޝަން އުމުރުން 16 އަހަރުގެ މުހައްމަދު ނިހާން ނާޒިމް އެވެ. އެނގިފައިވާ ގޮތުން މީ މިދިޔަ އަހަރު އިމާދުއްދީން ސްކޫލުން އޯލެވެލް ހަދާ ނިންމި ކުއްޖެކެވެ.

މުހައްމަދު ނިހާން ނިޔާވެފައި ވަނީ އެކްސިޑެންޓުގައި ލިބުނު ޒަހަމް ތަކުން އޭނާ އަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބެ އެވެ.

މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން 19 އަހަރުގެ މީހާއަށް ވެސް އަނިޔާވެ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެވެމުންނެވެ.

މި އެކްސިޑެންޓް ހިނގީ ބޮޑުތަކުރުފާނު މަގު ބްރިޖު ލައިޓް ކައިރިން ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ދުވާރު މައްޗަށް އަރައިގެންނެވެ.

މި އެކްސިޑެންޓްގައި ސައިކަލު ދުއްވީ ސައިކަލު ލައިސަންސް އޮތް މީހެއް ނޫން ކަމަށާއި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk