
ފ އަދި ދ އަތޮޅުގައި އާރްޓީއެލްގެ ދަތުރުތަކަށް އަގު ނަގަން ފަށައިފި

ރިޟްވާން މޫސާ - 25 ފެބްރުއަރީ 2026 - 08:14
ފ އަދި ދ އަތޮޅުގައި އާރްޓީއެލްގެ ދަތުރުތަކަށް އަގު ނަގަން މިއަދު ފަށައިފި އެވެ
މ ީގެ ކުރިން ފ. އަދި ދ. އަތޮޅުގެ އާރުޓީއެލް ފެރީގެ ޙިދުމަތް ތައާރަފް ކޮށްފައި ވަނީ މިމަހުގެ 17 ވަނަ ދުވަހުގަ އެވެ.
ފ އަދި ދ އަތޮޅު ހިމެނޭހެން ރާއްޖޭގެ 14 އަތޮޅުގައި މިހާތަނަށް އާރްޓީއެލްގެ ޚިދުމަތް މިވަނީ ފަށާފައެވެ. މި ދެ އަތޮޅުގައި ބޭނުންކުރަމުންދާ ފެރީތަކަކީ އިންޑިއާގެ ސަރުކާރުގެ އެހީގައި ބަނދެފަވާ އުޅަނދުތަކެކެވެ.
ފ.އަތޮޅުގެ އާބާދީ އަކީ އެ އަތޮޅުގެ 5 ރަށުގެ މައްޗަށް ގާތްގަނޑަކަށް 5000 މީހުންނެވެ. އަދި ދ.އަތޮޅުގެ އާބާދީ އަކީ އެއަތޮޅުގެ 7 ރަށުގެ މައްޗަށް ގާތްގަނޑަކަށް 7000 މީހުގެ އާބާދީ އެކެވެ.
ފެރީ ދަތުރުތަކުގެ އަގުތަކަކީ
ފ.އަތޮޅު: ކޮޅަކަށް 35-70 ރުފިޔާއާ ދެމެދު
ދ.އަތޮޅު: ކޮޅަކަށް 35-125 ރުފިޔާއާ ދެމެދު
ފ އާއި ދ އަތޮޅާ ދެމެދު: 130-150 ރުފިޔާއާ ދެމެދު އެވެ
މި ދެ އަތޮޅު ހިމެނޭހެން ޖުމުލަ 4 ރޫޓަކަށް ދަތުރުތައް ބާއްވައެވެ. އެއީ، ފ. އަތޮޅުގެ 1 ރޫޓާއި، ދ. އަތޮޅުގެ 2 ރޫޓުގެ އިތުރުން ދ.އަތޮޅާއި ފ.އަތޮޅާ ދެމެދު ބާއްވާ ފެރީ ރޫޓެވެ. ފ.އަތޮޅާއި ދ.އަތޮޅާ ދެމެދު ދަތުރުތައް ބާއްވަނީ، ނިލަންދުއާއި މީދޫއާއި ދެމެދުއެވެ.
ޒޯން 4ގައި ހިމެނޭ އަތޮޅުތަކުގެ ތެރެއިން ދެން ޚިދުމަތް ނުފެށި ވަނީ މ އަދި ލ އަތޮޅުގައެވެ. އަދި މީގެއިތުރުން ޒޯން 3 ގައި ހިމެނޭ ކ، އއ، އދ އަދި ވ އަތޮޅުގައިވެސް މިހާތަނަށް ޚިދުމަތް ފަށާފައެއް ނުވެއެވެ.
ގުޅުން ހުރި ޙަބަރުތައް

ރާއްޖެތެރެ 56 ރަށަކަށް އެމްބިއުލައިންސް ފޯރުކޮށްދީ ނިންމައިފި
ގަޑިއިރެއް ކުރިން

އެސްޓިއޯ އިން ފިޔާ އަލުވި އަގުހެޔޮކޮށްފި
3 ގަޑިއިރު ކުރިން

މިދިޔަ ހަފްތާ އެކަނިވެސް މަސްވެރިންނަށް 4 މިލިއަން ރުފިޔާ
3 ގަޑިއިރު ކުރިން

ހުޅަނގު އައްސޭރި ފޭރިގަތުމަށް ޔަހޫދީން ނިންމި ނިންމުން ގިނަ ޤައުމުތަކަކުން ކުށްވެރިކޮށްފި
3 ގަޑިއިރު ކުރިން


.gif&w=3840&q=75)