logo

ބައެއް ވަޒީރުން މަގާމުން ވަކިކޮށްފި، އަދި ބައެއް ވަޒީރުން އިސްތިއުފާ ދެއްވައިފި

profile

މުހައްމަދު މުޝްރިފް - 14 އޭޕްރީލު 2026 - 08:29

ސަރުކާރުގެ ބައެއް ވަޒީރުން މަގާމުން އިސްތިއުފާ ދެއްވާ އަދި ބައެއް ވަޒީރުން މަގާމުން ވަކި ކޮށްފިއެވެ.

https://wamco.com.mv/

ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން އިސްތިއުފާ ދެއްވާފަައިވާ އިރު ފޮރިން މިނިސްޓަރު އަބްދުالله ހަލީލާއި ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރާއި، ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވެސް ވަނީ މިއަދު މަގާމުން ވަކި ކުރައްވައިފައެވެ.

ހަމައެހެންމެ ދަނޑުވެރިކަމާ ބެހޭ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ އާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވެސް މަގާމުން ވަނީ އިސްތިއުފާ ދެއްވައިފައެވެ.

އެންމެ ފަހުން ބޭއްވި އިންތިޚާބުގައި ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައިވާއިރު ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުކުރައްވާ ކަމަށާއި އަދި އިސްލާހު ކުރަން ޖެހޭ ކަންކަން އިސްލާހު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އޭގެ ފަހުން ސަރުކާރުގެ ހިއްސާވާ ބައެއް ކުންފުނިތަކުގެ ވެރިން ވަކި ކުރައްވާފައިވެއެވެ. އަދި އަނެއްބައި ވެރިން އިސްތިއުފާ ދެއްވައިފައިވެއެވެ.

އިއްޔެ ވަނީ ރައީސް މުއިއްޒާ އާއިލީ ގޮތުން ވެސް ގުޅުން އޮންނަ, އަލީ އާރިފް, ރައީސް އޮފީހުގެ މިނިސްޓަރު ކަމުން ވެސް އިސްތިއުފާ ދެއްވައިފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk