
ކައުންސިލްތަކުގެ ފެންވަރު ރަގަޅުކުރަން އެބަ މަސައްކަތްތަކެއް ކުރަން: އާދަމް ޝަރީފް

ރިޟްވާން މޫސާ - 27 މާރިޗު 2026 - 20:28
ސަރުކާރުން ކުރާ މަސައްކަތްތަކާއެކު ކައުންސިލްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު އެކްސްގައި ހިއްސާކުރެއްވެވި ޕޯސްޓުގައި ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ކައުންސިލްތައް ބާރުވެރި ކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެންމެ ޚާއްސަ އެއް ސިޔާސަތު ކަމަށެވެ.
ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށްވެސް މުހިންމު މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަކުރައްވައި ޝަރީފްގެ ޕޯސްޓުގައި ބުނެފައި ވަނީ ބާވެ ވީރާނާވެފައިވާ ކައުންސިލް އިމާރާތްތައް އައު ކުރުމުގެ މަސައްކަތްތަކެއް މިހާރުވެސް ކުރިއަށްގެންދަވާ ކަމުގަ އެވެ.
މީގެއިތުރުން ވަޒީރުގެ ޕޯސްޓުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ރަށްރަށުގެ ކައުންސިލްތަކާއި، ރައްޔިތުންނާ ސީދާ ބައްދަލުކުރައްވާ، ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ކައުންސިލްތައް ބާރުވެރި ކުރުވުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ކައުންސިލްތަކަށް ބޭނުންވާ އިދާރީ މުވައްޒަފުން ހޯދުމުގެ މަސައްކަތްތައް މިހާރު ކުރަމުން ދާއިރު، ކައުންސިލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލު ކޮށްދެއްވުމަށްވެސް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް
ބީއެމްއެލްގެ ސްޓާފް އެވޯޑްސްގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފި
3 ގަޑިއިރު ކުރިން
ރާއްޖޭގެ އެންމެ ފުންކޮށް ހިއްކާ އެއް ފަޅު "ގިރާވަރު ފަޅު" ހިއްކައި ނިމެނީ
6 ގަޑިއިރު ކުރިން
ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި
6 ގަޑިއިރު ކުރިން
ހުރުމުޒު ކަނޑު އޮޅި ބަންދުކުރުމަކީ އެޅުނު އެންމެ ވަރުގަދަ ފިޔަވަޅު: އީރާން
6 ގަޑިއިރު ކުރިން


.gif&w=3840&q=75)