
ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފި

އައިޝަތު އިނާޝާ - 18 ފެބްރުއަރީ 2026 - 08:00
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.
ފުލުހުން ބުނިގޮތުގައި މި ފެބުރުވަރީ މަހުގެ 17 ވަނަ ދުވަހު ނައްތާލާފައިވަނީ 126 ފުޅި ބަނގުރަލާއި 122 ދަޅު ބިޔަރެވެ.
މި ތަކެއްޗަކީ 2025 ޑިސެމްބަރު 31 އިން 2026 ފެބުރުވަރީ 15 އަށް، ދާލު އެއާޕޯޓުން ފުރަންދިޔަ ފަތުރުވެރިންގެ އަތުން ހިފަހައްޓާފައިވާ ތަކެތި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި ތަކެތި ނައްތާލާފައިވަނީ، ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުންނެވެ.






.gif&w=3840&q=75)