
މިއަހަރު އިތުރު 7 ރިސޯޓު ހުޅުވަނީ

ޝަހްޒާ މުޙައްމަދު - 10 ޖެނުއަރީ 2026 - 13:27
މިއަހަރުތެރޭގައި ރާއްޖޭގައި އިތުރު 7 ރިސޯޓް ހުޅުވާނެކަމަށް ޓޫރިޒަމް މިނިސްޓްރީއިން ހާމަކޮށްފިއެވެ.
މި 7 ރިސޯޓާއެކު، ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށާއި މިރިސޯޓުތަކާއެކު ރާއްޖޭގެ ބެޑް ކެޕޭސިޓީ ނުވަތަ އެނދުގެ އަދަދަށް ބޮޑު އިތުރުވުމެއް އަންނާނެ ކަމަށް އެ މިނިސްޓްރީއިން ލަފާކުރެއެވެ.
ޓޫރިޒަމް މިނިސްޓްރީއިން ބުނެފައިވާ ގޮތުގައި، މި އަހަރު އަލަށް ހުޅުވޭ ރިސޯޓުތަކުގެ ތެރޭގައި ބައިނަލްއަގުވާމީ ގޮތުން މަޝްހޫރު ބްރޭންޑުތައް ހިމެނެއެވެ. އޭގެ ތެރޭގައި ރ. ރަންފުށީގައި ތަރައްގީ ކުރާ ބުލްގާރީ ރިސޯޓާއި، ސިކްސް ސެންސަސް ކަނުހުރާ (ރަށްގިރި) އަދި ދިންމާގާ މޯލްޑިވްސް ފާހަގަކޮށްލެވެއެވެ.
ފާއިތުވި އަހަރަށް ބަލާއިރު، ރާއްޖޭގައި އަލަށް 6 ރިސޯޓެއް ހުޅުވާފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި ހިންގާ ރިސޯޓުތަކުގެ ޖުމްލަ ޢަދަދު ވަނީ 178 އަށް އަރާފައެވެ. މިއާއެކު ރިސޯޓުތަކުގައި ހުރި ޖުމްލަ އެނދުގެ އަދަދު ވަނީ 44,697 އަށް އިތުރުވެފައެވެ.
މިދިޔަ އަހަރު ރާއްޖެއަށް 2,240,000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ގުޅުން ހުރި ޙަބަރުތައް
ފޭސް 2ގަި ބިނާ ކުރާ ދެ މިސްކިތުގެ ބޮޑުބައި ނިންމާލައިފި
4 ގަޑިއިރު ކުރިން
ބީއެމްއެލް އިން ވީރަން މޯލްޑިވްސްއާއެކު އެއްބަސްވުމެއް ގާޢިމްކޮށްފި
5 ގަޑިއިރު ކުރިން

ޝިޔާމް އަށް ފުލުހުންގެ ވަޒީފާ އަލުން އިއާދަ ކުރަން އަމުރުކޮށްފި
7 ގަޑިއިރު ކުރިން

ހިތަދޫ އުތުރު ދާއިރާގައި ވޯޓްލުމުގެ ހައްގު 4،114 މީހަކަށް ލިބިގެންވޭ: އިލެކްޝަންސް ކޮމިޝަން
8 ގަޑިއިރު ކުރިން


.gif&w=3840&q=75)