
ހައި ކޯޓްގެ ފަނޑިޔާރު ކަމަށް 19 ބޭފުޅަކު ކުރިމަތިލައްވައިފި

ޝަހްޒާ މުޙައްމަދު - 27 ޑިސެމްބަރު 2025 - 10:22
ހައި ކޯޓުގެ ފަނޑިޔާރުކަމުގެ ހުސްވެފައިވާ ދެ މަގާމަށް 19 ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
ހައި ކޯޓުގެ ބެންޗުން ދެ މަގާމު ހުސްވީ ދާދި ފަހުން ފަނޑިޔާރު މުހައްމަދު ނިޔާޒު ރިޓަޔާކުރެއްވުމާއި، ފަނޑިޔާރު މުހައްމަދު ފައިސަލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރޭގައި ދަށު ކޯޓުތަކުގެ ގާޒީންނާއި، މެޖިސްޓްރޭޓުންގެ އިތުރުން ތަޖުރިބާކާރު ގާނޫނީ ވަކީލުން ހިމެނެ އެވެ.
ފަނޑިޔާރު ކަމަށް ކުރިމަތިލި ފަރާތްތަކަކީ:
* އަލީ ނަސީރު، ގާޑްނިޔާ، ބ. ކިހާދޫ
* އަލީ ރިޒާ އިސްމާއީލް، ދަފުތަރު 7172
* ހަސަން ފަހީމް އިބްރާހިމް، ޕިކެޑްލީ، ހދ. ކުމުންދޫ
* އަބްދުލް މުހުސިން އަބްދުލްހަކީމް، އާކުރި، ގއ. ނިލަންދޫ
* އުއްމުކުލްސޫމް، ރަނައުރާގެ، ބ. ހިތާދޫ
* ސުލައިމާނު މުހައްމަދު، ނޫރާނީގެ ޅ. ކުރެންދޫ
* ޝުޖާއު އުސްމާން، ހިލިހިލާއާގެ، ގއ. ވިލިނގިލި
* އަބްދުއްރައޫފް އިބްރާހީމް، މއ. ވޭސައިޑު
* މުހައްމަދު އިބްރާހިމް، ދާރުއްސަލާމް، ގއ. ކޮނޑޭ
* އިބްރާހިމް ނާސިހު، ލަކީ، ޅ. ކުރެންދޫ
* ފާތިމަތު ސައީދު، ގެދަރުގެ، އައްޑޫ، ފޭދޫ
* އަހުމަދު ތައުފީގު، ޑޭޒީމާގެ، ހދ. ދިއްދޫ
* އިބްރާހިމް އަލީ، ގ. އަންމޯލް
* އިސްމާއީލް ޝަފީއު، ހުޅުމާލެ، ޕްލެޓްނަންބަރު: 01-ޖީ-101
* އާމިނަތު އަބްދުﷲ ޒުހައިރު، ގަލަ، ގދ. ތިނަދޫ
* އާލީ އާދަމް، އަލީޝާ، ހދ. ކުޅުދުއްފުށި
* އިސްމާއީލް މާހިރު، އެންދެރިމާގެ، ލ. މާވަށް
* މުހައްމަދު ރާޣިބު އަހުމަދު، ދަފުތަރު 13410
* މަރިޔަމް ހަނީފާ ހާލިދު، އަނބުގަސްދޮށުގެ، ހއ. ކެލާ
މީގެ ތެރެއިން ރައޫފާއި ޝުޖާއު އަކީ ކުރިން ވެސް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރި ބައެކެވެ. އެ މީހުން ފަނޑިޔާރުކަން ދޫކޮށްލީ ސުލޫކީ މައްސަލަތަކެއް ބަލައި މަގާމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމުމުންނެވެ.


.jpg&w=3840&q=75)
.jpeg&w=3840&q=75)


