logo
ސްޕެއިިންގެ ކުޅުންތެރިން އާޖެންޓީނާ ބަލިކުރުމަށްފަހު އުފާފާޅުކުރަނީ

ސްޕެއިިންގެ ކުޅުންތެރިން އާޖެންޓީނާ ބަލިކުރުމަށްފަހު އުފާފާޅުކުރަނީ

ފީފާ އަންހެން ފުޓްސަލް ވޯލްޑްކަޕް 2025: ފަސޭހަކަމާއެކު އާޖެންޓީނާ ބަލިކޮށް ސްޕެއިން ތިންވަނަ ހޯދައިފި

profile

ހަސަން ޝަމްއޫން - 07 ޑިސެމްބަރު 2025 - 14:13

ފިލިޕީންސްގައި މިހާރު ކުރިއަށްދާ އަންހެނުންގެ ފީފާ ވޯލްޑްކަޕް ފުޓްސަލް މުބާރާތުގެ ތިންވަނަ ހޮވުމަށް ކުޅުނު މެޗުގައި ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއަކުން އާޖެންޓީނާ ބަލިކޮށް ސްޕެއިނުން މުބާރާތުގެ ތިންވަނަ ހޯދައިފިއެވެ.

https://wamco.com.mv/

މުބާރާތުގެ ސެމީފައިނަލުގެ ފުރަތަމަ މެޗުގައި ޕޯޗުގަލް އާއި ވާދަކޮށް 7-1 ގެ ތަފާތުބޮޑު ނަތީޖާއަކުން އާޖެންޓީނާ ބަލިވިއިރު، ސެމީފައިނަލުގެ ދެވަނަ މެޗުގައި ބްރެޒިލް އާއި ވާދަކޮށް ސްޕެއިން ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ.

ފިލިޕިންސްގެ ޕަސިގް ސިޓީގެ ފިލްސްޕޯޓްސް އެރީނާގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސްޕެއިން ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ސްޕެއިނުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން އިތުރު ހަތަރު ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި އާޖެންޓީނާ އިން ވެސް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.

21 ނޮވެމްބަރު 2025 އިން 7 ޑިސެންބަރު 2025 ގެ ނިޔަލަށް ފިލިޕިންސްގެ ޕަސިގް ސިޓީގައި ކުރިއަށްދާ މިމުބާރާތުގައި ޖުމްލަ 16 ޓީމަކުން ވާދަކުރިއިރު މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ވަނީ ފުރުސަތު ލިބިފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay