
ނަޕޯލީ އާއި ޔުވެންޓަސް ވާދަކުރި މެޗުގެ ތެރެއިން..
ވާދަވެރި ކުޅުމަކަށްފަހު ޔުވެންޓަސް ބަލިކޮށް ނަޕޯލީ އެއްވަނައަށް

ހަސަން ޝަމްއޫން - 08 ޑިސެމްބަރު 2025 - 01:04
އިޓާލިއަން ސެރިއޭގައި މިރޭ އަމިއްލަ ދަނޑުގައި ޔުވެންޓަސް އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ޗެމްޕިއަން ނަޕޯލީ އިން ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ލީގުގައި ނަޕޯލީ އެންމެ ފަހުން ކުޅުނު މެޗުގައި 1-0 ގެ ނަތީޖާއަކުން ރޯމާ އަތުން މޮޅުވެފައިވާއިރު، ލީގުގައި ޔުވެންޓަސް އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 2-0 ގެ ނަތީޖާއަކުން އުދިނޭޒީ ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ވެސް 2-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނަޕޯލީ އިންނެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ނަޕޯލީ އިންނެވެ. މިލަނޑު ފުރަތަމަ ހާފު ފެށިގެން ހަތްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޑެންމާކް ފޯވާޑް ރަސްމުސް ހޮއިލަންޑް އެވެ.
ޔުވެންޓަސް އިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ތުރުކީ ފޯވާޑް ކެނަން ޔިލްޑިޒް އެވެ. ނަމަވެސް އޭގެ ނުވަ މިނެޓުފަހުން ހޮއިލަންޑް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ނަޕޯލީއަށް ދެވަނަ ފަހަރަށް ލީޑު ހޯދައިދީފައެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ނަޕޯލީ ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލިގުގައި ކުޅުނު 14 މެޗުން ނަޕޯލީއަށް 31 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. އަދި މިމެޗުން ބަލިވި ޔުވެންޓަސް އިން ލީގުގައި ކުޅުނު 14 މެޗުން ހޯދި 23 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތްވަނައިގައެވެ.
ގުޅުން ހުރި ޙަބަރުތައް

ތަފާތުބޮޑު ނަތީޖާއަކުން ސެވިއްޔާ ބަލިކޮށް ބާސެލޯނާ އިން ލީޑު ފުޅާކޮށްފި
20 ގަޑިއިރު ކުރިން

ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު ޓޮޓެންހަމް އިން ލިވަޕޫލް ހުއްޓުވައިފި
20 ގަޑިއިރު ކުރިން

އެސްޓަން ވިލާ ބަލިކޮށް ޔުނައިޓެޑުން ތިންވަނައިގައި ހަމަޖެހިލައިފި
20 ގަޑިއިރު ކުރިން

އެލްޗޭ ބަލިކޮށް ރެއާލް މެޑްރިޑުން ފަރަގު ކުޑަކޮށްފި
2 ދުވަސް ކުރިން


.gif&w=3840&q=75)