
ލަތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ހަލީމް (ދޮންބިލަތް)
އަނިޔާވެރިކަމާއެކު މުވައްޒަފުން ވަޒީފާއިން ވަކިކުރާނަމަ ދެވަނަ ދައުރެއް ނުލިބޭނެ: އަހްމަދު ހަލީމް (ދޮންބިލަތް)

މުޙައްމަދު ފަޟްލޫން - 04 އޯގަސްޓު 2026 - 06:30
އަނިޔާވެރިކަމާއެކު މުވައްޒަފުން ވަޒީފާއިން ވަކިކުރާނަމަ ރައީސް ޑރ މުހައްމަދު މުއިއްޒު އަށް ދެވަނަ ދައުރެއް ނުލިބޭނެ ކަމަށް ބިލަތްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ހަލީމް (ދޮންބިލަތް) ވިދާޅުވެއްޖެއެވެ.
އަސްލުޓީވީގެ ބާބު ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން ހަލީމް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުން ވަކި ކުރަމުންދަނީ ޕީއެންސީގެ ސްޓިއަރިންގ ކޮމިޓީތަކުން ދޭ ލިސްޓެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
ސްޓިއަރިންގ ކޮމިޓީން ދިން ލިސްޓުގައި ވަޒީފާގައި ރަނގަޅަށް މަސައްކަތް ކުރަމުންދިޔަ މީހުން ހިމެނޭ ކަމަށް ހަލީމް ވިދާޅުވިއެވެ،
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަޒީފާތަކުން ވަކިކުރަނީ އެމްޑީޕީ އަށް ނިސްބަތްވާ މީހުން ކަމަށްވެސް ހަލީމް ވިދާޅުވިއެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުވައްޒަފުން ވަކި ކުރަމުންދަނީ ސިޔާސީ ބޭނުމެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ގިނަ އަދަދެއްގެ މުވައްޒިފުން ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ނެގި ކަމަށް ހަލީމް ވިދާޅުވިއެވެ.
އިންތިހާބާއި ދިމާކޮށް ސަރުކާރުން ގިނަ މުވައްޒަފުން ނެގީ ވޯޓް ހޯދަން ކަމަށް ހަލީމް ވިދާޅުވިއެވެ.
މިސަރުކާރުން ވެރިކަމަށް އައިސް ސިޔާސީ އިތުރު 14 ހާހެއްހާ މުވައްޒަފުން ވަޒީފާތަކަށް ވެއްދިކަމަށް ވިދާޅުވިއެވެ.
އަލަށް ވަޒީފާތަކަށް ނެގި މީހުން އިށީންނާނެ ގޮނޑިއެއް މޭޒެއް އަދި ކުރާނެ މަސައްކަތެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު ކުންފުނިތައް ބަނގުރޫޓްވާ ހިސާބަށް ދިއުމުން ވަޒީފާތަކުން މީހުން މަދުކުރަން މަޖުބޫރުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު ކުންފުނިތަކުގެ ވަޒީފާއިން މީހުން ވަކިކުރަމުންދަނީ ބޭއިންސާފުން ނުހައްގުން ކަމަށް ހަލީމް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

އެލްޖީއޭ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުމަކީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާންކުރުން : ރައީސް ނަޝީދު
4 ގަޑިއިރު ކުރިން
ޑީއެންއާރުގެ ކައުންޓަރުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
4 ގަޑިއިރު ކުރިން

ކިނޮޅަސް ކައުންސިލް އިމާރާތުގެ 52 އިންސައްތަ މަސައްކަތް ނިމިއްޖެ
4 ގަޑިއިރު ކުރިން

ކޮންގޯގައި އެބޯލާ ފެތުރި މަރުވި މީހުންގެ އަދަދު 1,700 އަށްވުރެ މައްޗަށް!
8 ގަޑިއިރު ކުރިން


