logo

ޓޫރިޒަމް މިނިސްޓަރީން ލަކްޝަރީ ޓްރެވަލް މާޓްގެ ޑިރެކްޓަރާ މޮސްކޯގައި ބައްދަލުކުރައްވައިފި

profile

އާމިނަތު ޝަޒްލާ - 18 އޯގަސްޓު 2026 - 13:38

މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އެވިއޭޝަން އޮނަރަބަލް މުޙައްމަދު އަމީން އަދި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން، ރަޝިޔާގެ މޮސްކޯގައި ލަކްޝަރީ ޓްރެވަލް މާޓްގެ ބިޒްނަސް ޑިވެލޮޕްމަންޓް ޑިރެކްޓަރ މާރިއާ ޝަންކީނާއާ ބައްދަލުކުރައްވައިފިއެވެ.

https://wamco.com.mv/

މި ބައްދަލުކުރެއްވުމަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށާއި، ޚާއްޞަކޮށް ރަޝިޔާ އަދި އިރުމަތީ ޔޫރަޕްގެ މާކެޓްގައި ރާއްޖޭގެ މަތީ ފަންތީގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމުގެ މަޤްޞަދުގައި ބޭއްވުނު ބައްދަލުކުރެއްވުމެކެވެ.

View post on Twitter

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އެވިއޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި، ލަކްޝަރީ ޓްރެވަލް މާޓަކީ އިރުމަތީ ޔޫރަޕްގެ ސަރަޙައްދުގައި ބާއްވާ އެންމެ ތާރީޚީ އަދި އެންމެ ދިގު މުއްދަތެއްވީ މަތީ ފަންތީގެ ފަތުރުވެރިކަމުގެ ވިޔަފާރި މައުރަޒެވެ.

މި މައުރަޒަކީ އެ ސަރަޙައްދުގެ ފުންނާބު އުސް އެޑްވައިޒަރުންނާއި، ޓްރެވަލް އެޖެންސީތަކުގެ އިތުރުން މަތީ ފަންތީގެ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަން އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމަށް ފުރުޞަތު ފަހިކޮށްދޭ މުހިންމު ހަރަކާތެކެވެ.

މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއަކީ މަތީ ފަންތީގެ ފަތުރުވެރިންގެ މެދުގައި މަޤްބޫލު މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށާއި، މި ސަރަޙައްދުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.

https://wamco.com.mv/
tel:+9607331319