
ސީއައިއެފް 2026: އިންޝުއަރެންސް ޕާޓްނަރު އަދި ސްޕީކަރެއްގެ ގޮތުގައި އެލައިޑުގެ އިސް ދައުރެއް!

އާމިނަތު ޝަޒްލާ - 19 އޯގަސްޓު 2026 - 03:56
ގްރޭންޑް ޕާކްސައިޑްގައި މިއަދު ކާމިޔާބުކަމާއެކު ބޭއްވި "ކޮންސްޓްރަކްޝަން އިންޑަސްޓްރީ ފޯރަމް" (ސީ.އައި.އެފް) 2026 ގެ އޮފިޝަލް އިންޝުއަރެންސް ޕާޓްނަރުގެ ހައިސިއްޔަތުން އެލައިޑް އިންޝުއަރެންސް ކޮމްޕަނީ އޮފް ދަ މޯލްޑިވްސްއިން ބައިވެރިވެ، ސިނާއީ މުހިންމު މަޝްވަރާތަކުގައި އިސް ދައުރެއް އަދާކޮށްފިއެވެ.
މި ފޯރަމަކީ ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގެ ތަޖުރިބާކާރުންނާއި ކަމާގުޅުންހުރި އެކި ފަރާތްތައް އެއްތަންވެ، އެ ސިނާއަތަށް މިހާރު ކުރިމަތިވަމުންދާ މުހިންމު ކުރިއެރުންތަކާއި، ގޮންޖެހުންތަކުގެ އިތުރުން ކުރިއަށް އޮތް ފުރުސަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް އިންތިޒާމުކުރެވުނު މުހިންމު ހަރަކާތެކެވެ.
ފޯރަމުގެ ޕެނަލް ޑިސްކަޝަންގައި އެލައިޑްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އެ ކުންފުނީގެ ކަސްޓަމަރ ސަރވިސް މެނޭޖަރު އަލްފާޟިލް ޙުސައިން ސަވާދެވެ. "ދުނިޔޭގެ ހަމަނުޖެހުންތަކުގެ ތެރޭގައި ސަޕްލައި ޗެއިންތައް އަލުން ބައްޓަންކުރުން" މި މައުޟޫޢަށް ބޭއްވި މި ސެޝަންގައި، ދުނިޔޭގެ މަސްރަޙަށް އަންނަ ނުތަނަވަސްކަމުގެ ސަބަބުން ސަޕްލައި ޗެއިންތަކަށް ކުރިމަތިވާ ބަދަލުތަކާއި، ބާޒާރުގެ އޮއިވަރަށް ހޭނުމުގެ އިތުރުން ކެތްތެރިކަމާއެކު ހުރަސްތައް ގިރާކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ޙުސައިން ސަވާދު ވަނީ އަލިއަޅުވާލައްވާފައެވެ.
މީގެއިތުރުން، މި ފޯރަމުގައި އެލައިޑްގެ އެސިސްޓަންޓް މެނޭޖަރ ސޭލްސް މަރިޔަމް އަސްނާ ވެސް ވަނީ މުހިންމު ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވާފައެވެ. "އިމާރާތްކުރުމުގެ މަޝްރޫޢުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުން" މި މައުޟޫޢަށް ވާހަކަދައްކަވަމުން އަސްނާ ވިދާޅުވީ، މަޝްރޫޢެއް ކުރިއަށްގެންދާއިރު ދިމާވެދާނެ އެކި ކަހަލަ ނުރައްކާތަކާއި ހީނުކުރާ ފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި ހިރާސްތައް ދުރާލާ ދެނެގަނެ ބެލެހެއްޓުމާއި، އެކަށީގެންވާ ފުރިހަމަ އިންޝުއަރެންސްގެ ޙައްލުތައް ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
ސީ.އައި.އެފް 2026 ގެ ޕާޓްނަރެއްގެ ގޮތުގައާއި ސްޕީކަރުންގެ ގޮތުގައި އެލައިޑުން އަދާކުރި މި ދައުރަކީ، ދާއިރާގެ އެކި ފަރާތްތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ދިވެހިރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތަކީ އިތުބާރު ހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރަމުން އަންނަ ދާއިރާއަކަށް ހެދުމަށް އެ ކުންފުނިން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެކެވެ.
ގުޅުން ހުރި ޙަބަރުތައް

ސްޓެލްކޯއިން "އެޗް.އާރް އިންސައިޓް" ގެ ނަމުގައި ހާއްސަ ފޯރަމެއް ބާއްވައިފި
8 ގަޑިއިރު ކުރިން

ފަތުރުވެރިކަމާއި ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކޮށް ވަރުގަދަކުރުމަށް ކުރާ ދަތުރުގައި އެމް.އޭ.ސީ.އެލްއިން ބައިވެރިވަނީ
8 ގަޑިއިރު ކުރިން

ވެމްކޯގެ އިދާރީ ހިދުމަތް ހޯދަން އެޕްލިކޭޝަނެއް ތައާރަފްކޮށްފި
8 ގަޑިއިރު ކުރިން

ބާޒާރުގައި ތަކެތީގެ އަގުތައް އުފުލިއްޖެ
ދުވަހެއް ކުރިން


