
ފެންކުންފުނީގެ ކަސްޓަމާ ކެއަރ ސެންޓަރުގެ އައު ހޮޓްލައިން ނަންބަރު ތައާރަފްކޮށްފި

މުޙައްމަދު ފަޟްލޫން - 21 އޯގަސްޓު 2026 - 10:39
މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) ގެ ކަސްޓަމަރ ކެއަރ ސެންޓަރަށް ޚާއްޞަ އައު ހޮޓްލައިން ނަންބަރެއްގެ ގޮތުގައި 1575 ތަޢާރަފުކޮށްފިއެވެ.
އެމް.ޑަބްލިޔު.އެސް.ސީން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބަދަލަކީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ގެނެވުނު ބަދަލެކެވެ. މި ބަދަލާއެކު، އެ ކުންފުނީގެ ކުރީގެ ހޮޓްލައިން ނަންބަރު 105 މިހާރު ހާއްސަ ކުރެވިފައިވަނީ ކުއްލި ހާލަތްތަކުގައި ގުޅާ އެމަޖެންސީ ނަންބަރެއްގެ ގޮތުގައެވެ.
އެހެންކަމުން، 20 އޮގަސްޓް 2026 އިން ފެށިގެން އެމް.ޑަބްލިޔު.އެސް.ސީގެ ޚިދުމަތްތަކާ ގުޅޭ އެންމެހައި މަޢުލޫމާތާއި އެހީތެރިކަން ކަސްޓަމަރ ކެއަރ ހޮޓްލައިން 1575 މެދުވެރިކޮށް ލިބެމުންދާނެއެވެ.
މީގެ އިތުރުން އެމް.ޑަބްލިޔު.އެސް.ސީގެ 105 އެމަޖެންސީ ހޮޓްލައިންގެ ހިދުމަތް 24 ގަޑިއިރު މެދުކެނޑުމެއްނެތި ލިބޭނެއެވެ.
އަދި 1575 ހޮޓްލައިންގެ ހިދުމަތް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 12:00 އަށް ލިބޭނެއެވެ.
އެމް.ޑަބްލިޔު.އެސް.ސީގެ މައިގަނޑު އެއް އަމާޒަކީ ކަސްޓަމަރުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ވީހާވެސް ގާތުން އަދި ލުއިފަސޭހަކަމާއެކު މުޢާމަލާތު ކުރެވޭނެ މަގު ފަހިކޮށްދިނުން ކަމުގައި އެ ކުންފުނިން ހާމަކުރެއެވެ.
ގުޅުން ހުރި ޙަބަރުތައް

ފެނަކައިން މުވައްޒަފުން ވަކިކުރި މައްސަލައިގައި އިހުތިޖާޖަށް ނުކުތުމަށް އައްޑޫ މޭޔަރު ގޮވާލައްވައިފި
6 ގަޑިއިރު ކުރިން

ދެކުނުގެ ހަމަނުޖެހުންތަކާ ގުޅޭގޮތުން ލިޔެވިފައިވާ ފޮތްތަކެއްގެ ވާހަކަ ރައީސް ނަޝީދު ހިއްސާކުރައްވައިފި
6 ގަޑިއިރު ކުރިން

ހއ. ކެލާގެ އިޖުތިމާޢީ ކުއްލި އެހީތެރިކަން ދޭ ޓީމު ތަމްރީނުކޮށްފި
6 ގަޑިއިރު ކުރިން

މާރާމާރީ ހިންގައި އިންޒާރުދިން ދެމީހަކު ހައްޔަރުކޮށްފި
6 ގަޑިއިރު ކުރިން


