logo

ޣައްޒާގެ ސްކޫލަކަށް އަނެއްކާވެސް ބޮންއަޅައިފި، މިއަދުގެ މިހާތަނަށް 15 މީހުން ޝަހީދު

profile

ސައިފް އަޒުހަރު - 13 ޖެނުއަރީ 2025 - 08:31

އިސްތިއުމާރީ އިސްރާއީލުގެ އުދުވާނީ ބާރުތަކުން އަނެއްކާވެސް ޣައްޒާގެ ސްކޫލަކަށް ބޮންއަޅައިފިއެވެ.

https://wamco.com.mv/

މިފަހަރު ބޮންއަޅާއިވަނީ ޣައްޒާގައި ވެރިކަންކުރާ ގާޒާ ސިޓީގައި ހުންނަ ސަލާހުއްދީން ސްކޫލަށެވެ.

ސަލާހުއްދީން ސްކޫލަކީވެސް، ހަނގުރާމައިގައި ހާލުގައި ޖެހި މަގުމަތިވެފައިވާ އާންމުން ދިރިއުޅެމުންދާ ސްކޫލެކެވެ.

އެ ސްކޫލަށް ޓެރަރިސްޓުން ބޮން އެޅުމުގެ ސަބަބުން 5 މީހުން ޝަހީދުވެ، އެތައްބަޔަކު ޒަޚަމްވެފައިވާ ކަމަށް، ޣައްޒާގެ މީޑިއާ ވަސީލަތްތަކުން ބުނެއެވެ.

ގާޒާ ސިޓީގެ ޝުޖައިޔާ އަވަށުގެ ދެ ގެއަކަށް ޓެރަރިސްޓުން ބޮން އެޅުމުގެ ސަބަބުން 5 މީހުން ޝަހީދުވެ އެތައްބަޔަކު ޒަޚަމްވެފައިވާ ކަމަށްވެސް ފަލަސްތީނުން ބުނެއެވެ.

މީގެ އިތުރުން، ޣައްޒާގެ ދެކުނުން ރަފަހްގެ މަގަކުން ދުއްވާފައިދިޔަ ކާރަކަށް ޓެރަރިސްޓުން ބޮންއަޅައި ކާރުގައި ތިބި 4 މީހުން ޝަހީދުކޮށްލާފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

ޣައްޒާގެ އުތުރުން ޖަބަލިއާއަށް ހަމަލާދީ އެކަކު ޝަހީދުކޮށް އެތައްބަޔަކު ޒަޚަމްކޮށްލާފައި ވެއެވެ.

ޣައްޒާގެ އުތުރުގެ ދީރުލް ބަލާހްގެ އިރުމަތީ އައްސޭރީގައި ޖަހާފައިވާ ޓެންޓުތަކުގައި ދިރިއުޅޭ އާންމުންނަށް، ޓެރަރިސްޓުންގެ ކަނޑުބޯޓުތަކުން މިހާރު ހަމަލާދެމުންދާ ކަމަށް، އާންމުންނާ ހަވާލާދީ ޣައްޒާގެ މީޑިއާ ވަސީލަތްތަކުން ބުނެއެވެ.

ޣައްޒާގެ މީޑިއާ އޮފީހުން ބުނެފައިވަނީ، ޣައްޒާގެ އެކި ހިސާބުތަކަށް އިސްތިއުމާރީ ޓެރަރިސްޓުން ދިން އުދުވާނީ ހަމަލާތަކުގައި، ޣައްޒާއަށް މިއަދު އިރު އެރިފަހުންވެސް މިހާތަނަށް 15 މީހުން ޝަހީދު ކޮށްލާފައިވާ ކަމަށެވެ. ޝަހީދުކޮށްލާފައިވާ ގިނަ މީހުންނަކީ ކުޑަކުދިންނާއި އަންހެނުންނެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay