logo

ވޭޕް އެތެރެކުރުން ހުއްޓުވަން ކަސްޓަމްސްއިން އިންތިޒާމްތައް ހަމަޖައްސާނެ

profile

ޒިދާން މުޙައްމަދު - 14 އޮކްޓޯބަރު 2024 - 23:59

ކަސްޓަމްސްގެ އޮފިސަރުން ތަކެއް

ކަސްޓަމްސްގެ އޮފިސަރުން ތަކެއް

ރާއްޖެއަށް ވޭޕް އެތެރެކުރުން ހުއްޓުވަން މޯލްޑިވްސް ކަސްޓަމްސްއިން ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖައްސާނެ ކަމަށް އެ ޚިދުމަތުން ބުނެފިއެވެ.

ކަސްޓަމްސްއިން ބުނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ ނިންމެވުން ތަންފީޒުކުރުމަށްޓަކައި ކަސްޓަމްސްއިން ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމާއި ވާންޖެހޭ ތައްޔާރީތައްވުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.

ރައީސް ނިންމަވާފައި ވަނީ އަންނަ ނޮވެމްބަރު 15 އިން ފެށިގެން ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން މަނާކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށެވެ.

އަދި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، އިޝްތިހާރު ކުރުމާއި ހިލޭ ބެހުން ވެސް އަންނަ ޑިސެމްބަރު 15 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ވެސް ވަނީ އަންގަވާފައެވެ.

ރައީސް މިގޮތަށް އަންގަވާފައިމިވަނީ ވޭޕް އާއި އިލެކްޓްރޯނިކް ސިނގިރެޓް ރާއްޖެއަށް އެތެރެކުރުން މަނާކޮށްދިނުމަށް އެކި ޖަމިއްޔާތަކުން ވެސް އެދެމުންދާ ދަނޑިވަޅެއްގައެވެ. ވޭޕް މަނާކުރުމަށް އެދި ރައީސަށް ސިޓީއެއްވެސް އެ ފަރާތްތަކުން ހުށަހަޅާފައި ވެއެވެ.

ދިވެހި ޑޮކްޓަރުންގެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، ދުނިޔެއާއި ރާއްޖެއަށް ކުރިމަތިލާން ޖެހޭ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ގައިންގަޔަށް ނާރާ ބަލިތައް ކަމަށެވެ. އެގޮތުން، ދުންފަތުގެ ބާވަތްތައް ބޭނުން ކުރުމަކީ ގައިންގަޔަށް ނާރާ ބަލިތައް ޖެހެން މަގުފަހިވާ ކަމެއް ކަމަށް އެތައް ދިރާސާއަކުން ސާބިތުވެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

ނަރުހުންގެ ޖަމިއްޔާއިން ވެސް ވަނީ ވޭޕާއި އީ-ސިނގިރޭޓު މަނާކޮށްދިނުމަށް އެދި ކަމާބެހޭ މުއައްސަސާތަކާއި ރައީސުލްޖުމްހޫރިއްޔާއަށް ގޮވާލައި ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ވޭޕްގެ ސިއްހީ ނުރައްކާތެރި ކަމާމެދު މިހާރު ލިބިފައިވާ ފަންނީ މައުލޫމާތުތަކަށް ބިނާކޮށް އެމެރިކާގެސީޑީސީ އާއި އެފްޑީއޭ ގުޅިގެން ނެރެފައިވާ ބަޔާނުގައި ވޭޕް ބޭނުންކުރުން ހުއްޓާލުމަށް ގޮވާލާފައިވާކަމަށެވެ. އަދި ދުންފަތުގެ ތަފާތު ނުރައްކަލަކަށް ހުށަހެޅިގެންދާ އައު ޖީލެއް މިހާރު އުފެދިފައިވާ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

https://int.etukuri.mv/
tel:+9607331319