logo
ނ. ކުޑަފަރީގައި ސަން ސިޔާމް އެމަނިކުފާނުގެ ބައްޕަގެ ހަނދާނުގައި ބިނާކުރެއްވި މަސްޖިދުލް މުޙައްމަދު ޤާސިމް

ނ. ކުޑަފަރީގައި ސަން ސިޔާމް އެމަނިކުފާނުގެ ބައްޕަގެ ހަނދާނުގައި ބިނާކުރެއްވި މަސްޖިދުލް މުޙައްމަދު ޤާސިމް

ނިޢުމަތްތަކަށް ޝުކުރުވެރިވުން: އީމާންކަމުގެ މަތިވެރި ރުކުނެއް: ޚުޠުބާ

profile

އާމިނަތު ޝަޒްލާ - 13 ނޮވެމްބަރު 2026 - 10:08

މާތް ﷲގެ ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ އެކަލާނގެ ފަޟްލުވަންތަކަމަށް އިޢުތިރާފުވެ، އެ ނިޢުމަތްތައް އެކަލާނގެ ރުހިވޮޑިގަންނަވާ ގޮތުގައި ބޭނުންކުރުން ކަމަށާއި، އެއީ އަޅާގެ ދީނާއި ދުނިޔެއަށް ހެޔޮކަން ގެނެސްދޭ އަދި ﷲގެ ލޯތްބާއި ރުހިވޮޑިގަތުން ލިބޭ މަތިވެރި އަޅުކަމެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި މިއަދު އިއްވި ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ "ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ މުހިންމުކަން" މި މަޢުޟޫއަށެވެ.

ޚުޠުބާގައި ބަޔާންކުރެއްވި ގޮތުގައި، މާތް ﷲއަށް ޝުކުރުވެރިވުމުގެ އިތުރަށް، އިންސާނުންގެ ހެޔޮ ފޯރުވުންތަކަށް ޝުކުރުއަދާކުރުމަކީ ވެސް އިސްލާމީ ތަރުބިޔަތުގައި ނުހަނު ބޮޑު އަހުމިއްޔަތެއް ދީފައިވާ އަޅުކަމެކެވެ. ޚާއްޞަކޮށް މައިންބަފައިންނަށް ޝުކުރުވެރިވުމަށް އަމުރުކުރައްވައިފައިވާކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.

ދިރިއުޅުމުގައި ޝުކުރުވެރިވުން ދެމެހެއްޓޭނީ، ދުންޔަވީ ކަންކަމުގައި ތިބާއަށް ވުރެ ދަށުގައި ތިބި މީހުންނަށް ބަލައި، ތިބާއަށް މާތް ﷲ ދެއްވި ނިޢުމަތްތަކުގެ މަތިވެރިކަން ވަޒަންކޮށްގެން ކަމަށް ޚުޠުބާގައި ވިދާޅުވިއެވެ. އަދި މީސްތަކުން ކޮށްދޭ ހެޔޮކަންކަމަށް ޝުކުރުވެރިވެ، އިސްރާފުކުރުމާއި ބޮޑާވުމާ ދުރުހެލިވެ، ނިޢުމަތްތަކަށް ރައްކާތެރިވެގެން ކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރުން، ތިމާ ދަތިޙާލުގައި ވަނިކޮށް، ﷲގެ ފަޟުލުވަންތަކަމުން ތަނަވަސްކަން ދެއްވިކަން ހަނދާންކޮށް މީހުންނަށް އެ ފަދަ ވާހަކަތައް ކިޔައިދިނުމަކީ މުހިންމު ކަމެއް ކަމަށް ޚުޠުބާގައި ފާހަގަކުރެއްވިއެވެ. އެއީ ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ ގޮތުން ކުރެވޭ ކަމެއްކަމަށް ޢިލްމުވެރީން ބަޔާންކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

ޚުޠުބާ ނިންމަވާލައްވަމުން ވިދާޅުވީ، ނިޢުމަތްތައް ދެމިއޮތުމާއި ނެތިދިއުން ބިނާވެފައިވަނީ ޝުކުރުވެރިވުމުގެ މައްޗަށް ކަމަށެވެ. އެގޮތުން ޝުކުރުވެރިވާ މީހުންނަށް ނިޢުމަތްތައް އިތުރުކޮށްދެއްވާނޭކަމާއި، ނިޢުމަތްތަކަށް ފުރަގަސްދިން ބަޔަކަށް ގަދަފަދަ ޢަޛާބު ދެއްވާނޭކަން ކީރިތި ޤުރްއާނުގައި މާތް ﷲ ބަޔާންކުރައްވާފައިވާކަން ޚުޠުބާގައި ވަނީ ހަނދާންކޮށްދެއްވާފައެވެ.

https://wamco.com.mv/
tel:+9607331319