
ސިލޯނާއެކު ދިވެހިން ޓެލެތޯނަށް ލިބުނު ފައިސާ ފޮރިން މިނިސްޓްރީ އާއި ހަވާލްކޮށްފި

މުޙައްމަދު ފަޟްލޫން - 02 ޑިސެމްބަރު 2025 - 12:15
ސިލޯނާއެކު ދިވެހިން ޓެލެތޯނަށް ލިބުނު ފައިސާ ފޮރިން މިނިސްޓްރީ އާއި ހަވާލްކޮށްފިއެވެ.
ސިލޯނާއެކު ދިވެހިން ޓެލެތޯން އަށް ލިބުނު 8 ލައްކަ ޑޮލަރާއި ފޮރިން މިނިސްޓްރީ އާއި ހަވާލްކުރެއްވީ ޕީއެސްއެމްގެ ޑީއެމްޑީ އަބްދުﷲ ޔާމީން ރަޝީދުއެވެ. ފޮރިން މިނިސްޓްރީގެ ފަރާތުން ޓެލެތޯންގެ ރަމްޒީ ޗެކާއި ހަވާލްވެ ވަޑައިގެންނެވީ ފޮރިން މިނިސްޓަރ ޑރ އަބްދުﷲ ހަލީލް އެވެ.
ސިލޯނާއި އެކު ދިވެހިން ޓެލެތޯނަށް މުޅިޖުމްލަ 800،352 ޑޮލަރު ލިބިފައިވެއެވެ.
ސިލޯނާއިއެކު ދިވެހިން މި ޓެލެތޯނަކީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިން އިސްނަގައިގެން ދިވެހި މީޑިއާތަކާއި ގުޅިގެން ސްރީލަންކާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދިޔަ ޓެލެތޯނެކެވެ.
37 މީޑިއާ އަކާއި ޕީއެސްއެމް ގުޅިގެން ބޭއްވި މި ޓެލެތޯން ފެށީ މި ނޮވެމްބަރު 30 ވަނަ ދުވަހުގެ ހެނދުނު 9:00 ޖެހިއިރުއެވެ.
ޓެލެތޯން ނިންމާލީ 02 ޑިސެމްބަރު ވީ އަންގާރަ ދުވަހުގެ (މިއަދު ) މެންދުރުފަހު 14:00ގައެވެ.
ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކާއި ކުންފުނިތަކާއި ކުލަބު ޖަމިއްޔާތަކާއި އޮފީސްތަކުގެ އިތުރުން މީޑިއާތަކާއި ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ވަނީ ސިލޯނާއި އެކު ޓެލެތޯނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ތޫފާން ޑީޓުއަރ ގެ ސަބަބުން ސްރީލަންކާގައި ޙާލަތުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔަ ޓެލެތޯންގެ ތެރެއިން އެކި ސަރުކާރާއި އަމިލއް ކުންފުނިތަކާއި ޖަމްޢިއްޔާ ޖަމާއަތްތަކާއި ރިސޯޓްތަކާއި އަދި އެކި ދައުލަތުގެ ވުޒާރާތަކުގެ އިތުރުން ވަކި ވަކި ފަރުދުންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ސްރީލަންކާއަކީ ޒަމާނުއްސުރެ ދިވެހިރާއްޖެއާ ނުހަނު ގާތް ރަޙުމަތްތެރި ޤައުމެކެވެ. އަދި އެޤައުމުގެ ރައްޔިތުންނަކީ ދިވެހިންނާ ވަރަށް ގާތްގުޅުންތަކެއް ބާއްވާ އެކުވެރި ބައެކެވެ. ރާއްޖެއިން ބޭރުގައި އެންމެ ގިނަ ދިވެހިން ދިރިއުޅެމުން އަންނަ އެއް ޤައުމަކީވެސް އަވަށްޓެރި ސްރީލަންކާއެވެ.
ގުޅުން ހުރި ޙަބަރުތައް

ކޮރަޕްޝަނާއި ފަސާދައިގެ ނުރައްކަލާ ދެކޮޅަށް ރާއްޖެއިން މަސައްކަތް ކުރާނެ: ރައީސް
6 ގަޑިއިރު ކުރިން

790 މިލިއަން ޑޮލަރުގެ ޓައުންޝިޕް ޕްރޮޖެކްޓަށް ސަރުކާރުން ހުއްދަ ދީފި
7 ގަޑިއިރު ކުރިން

ހައި ކޯޓުގެ ފަނޑިޔާރުކަމުން ނިޔާޒު ރިޓަޔާކުރައްވައިފި
8 ގަޑިއިރު ކުރިން

ފާމަސޫޓިކަލް ކުންފުނީގެ ޗެއަރޕަރސަންގެ މަޤާމަށް ރައްޒާގު
9 ގަޑިއިރު ކުރިން


