
ނޮވެމްބަރު ތިނެއް ސާބިތުކޮށްދެނީ ލެއިން ގުރުބާންވާނެ ދަރިން ތިބޭނެކަން : މެޑަމް ސާޖިދާ

ޝަހްޒާ މުޙައްމަދު - 03 ނޮވެމްބަރު 2025 - 05:10
ނޮވެންބަރު 3 ސާބިތު ކޮށްދެނީ ޖާނާއި ލެއިން ގުރުބާންވާން ތިބި އަޒުމު ވަރުގަދަ ދަރީން އަބަދުވެސް މި ފަސްގަނޑުގައި ތިބޭނެކަންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
މެޑަމް ސާޖިދާ ވިދާޅުވީ، ނޮވެންބަރު 3 ސާބިތު ކޮށްދެނީ ދިވެހީންގެ ކެރުމާއި ހިތްވަރުކަމަށާއި، ގައުމަށާއި ދީނަށް އޮތް ލޯތްބާއި ވަފާތެރިކަންކަމަށެވެ. ހަމައެހެންމެ ޖާނާއި ލެއިން ގުރުބާންވާން ތިބި ޢަޒުމު ވަރުގަދަ ދަރީން އަބަދުވެސް މި ފަސްގަނޑުގައި ތިބޭނެކަންކަމަށާއި،ގައުމީ ކޮންމެ ކަމެއްގައި މިއީ އީމާންތެރި އެއްބައިވަންތަ ބަޔެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މެޑަމް ސާޖިދާގެ ޕޯސްޓް ނިންމަވާލެއްވީ ތާއަބަދުމެ ނަސްރާއި ނަސީބު، ފާގަތިކަމާއި ހަމަޖެހުން މި ޤައުމުގައި ދެމެހެއްޓެވުން އެދި ދުއާކުރައްވަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ނަސްރުގެ ދުވަހުގެ އަސްކަރީ ހުށަހެޅުންތައް ރައީސްގެ ދެކަނބަލުން ބައްލަވައިލައްވައިފި
އަހަރެއް ކުރިން

މިދެ އަހަރެއްހާ ދުވަހު ދިވެހި އަސްކަރީއްޔާއިން ގިނަ ލަނޑުދަނޑިތަކެއް ހާސިލްކޮށްފި: ޣައްސާން
އަހަރެއް ކުރިން

ނޮވެމްބަރު 3: އެ ދުވަހުގެ ހަނދާންތައް ހިތްތަކުން ފިލައިގެން ނުދާނެ
އަހަރެއް ކުރިން

އުއްމީދުތަކުގައި ކުލަޖައްސައި ދޭނީ އިހުލާސްތެރިން: ރައީސް
އަހަރެއް ކުރިން


