
ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދަނީ

ޝަހްޒާ މުޙައްމަދު - 27 ޑިސެމްބަރު 2025 - 08:03
އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޕީއެންސީން ވާދަކުރާނެ ކެންޑިޑޭޓުން ހޮވަން ބާއްވާ ޕްރައިމަރީ މިއަދު ފަށައިފި އެވެ.
މި ވޯޓުލުން މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ.
މާލެ ސަރަހައްދުން ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ، އިސްކަންދަރު ސުކޫލުގައިއެވެ. މީގެ އިތުރުން އަތޮޅު ތެރޭގައި ވޯޓުލުމަށް ޚާއްސަކޮށްފައިވާ މަރުކަޒުތަކުގައި ކުރިއަށްދާނެ ކަމަށްވެސް އެ ޕާޓީއިން ބުންޏެވެ.
ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލީ، މި މަހުގެ 1ވަނަ ދުވަހުއެވެ. އެ ޕާޓީން ބުނީ ޕްރައިމަރީގައި 298 ކެންޑިޑޭޓުން ވާދަކުރާކަމަށެވެ. އިންތިޚާބުގައި ވޯޓުލުން ކުރިއަށްދަނީ 42 އިންތިޚާބީ ދާއިރާއެއްގެ 84 މަގާމަކަށެވެ.
ޕްރައިމަރީ މިއަދު ބާއްވާ އިރު ޕްރައިމަރީއަކާ ނުލައި ބައެއް ދާއިރާތަކުގެ ޓިކެޓް ބައެއް ކެންޑިޑޭޓުންނަށް ލިބިފައިވެ އެވެ.
ޕީއެންސީން ވަނީ، ޕްރައިމަރީއާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް އޮތް ނަމަ 9323686 އަށް ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ހުށަހަޅަން އެދިގަ އެވެ.
ގުޅުން ހުރި ޙަބަރުތައް

ކުރިއަށް އޮތް ދެ އަހަރު ކުދި ވިޔަފާރިތަކަށް ހާއްސަ ލުއިތަކެއް
3 ގަޑިއިރު ކުރިން

މަންޑޭ ކޯޓަށް ހާޒިރުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފި
4 ގަޑިއިރު ކުރިން

ދިވެހި ތެރަޕިސްޓުން ތަމްރީންކުރުމުގެ ގައުމީ މަޝްރޫއެއް ފަށަނީ
4 ގަޑިއިރު ކުރިން

ރިސޯޓެއްގައި މަރުވެފައި އޮތް ކުޑަކުއްޖެއް ޑަސްބިނެއްގެ ތެރެއިން ފެނިއްޖެ
15 ގަޑިއިރު ކުރިން


