logo

މަންޑޭ ކޯޓަށް ހާޒިރުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުނެފި

profile

ޝަހްޒާ މުޙައްމަދު - 27 ޑިސެމްބަރު 2025 - 06:25

ހުޅުމާލޭގައި ޢިމާރާތްކުރަމުންދާ ކޭ-ޕާރކް ރެސިޑެންސްއިން ނުއަގުގައި އެޕާޓްމަންޓް ވިއްކައި، އެތައް ބައެއްގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނެގި މައްސަލައިގެ ތުހުމަތުވާ ހަސަން މަމްދޫހު ( މަންޑޭ) ކޯޓަށް ހާޒިރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

https://wamco.com.mv/

މަންޑޭގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޓެކުމުގެ 50 ދައުވާ އާއި އޮޅުވައިލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާ އާއި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާ އަދި މަނީ ލޯންޑްރިންގެ އެއް ދައުވާ އެވެ.

ކްރިމިނަލް ކޯޓުގައި ބޭއްވި އެ މައްސަލައިގެ ޝަރީއަތަށް މަންޑޭ ހާޒިރުވެފައިނުވާތީ ކޯޓުން ވަނީ މަންޑޭ، ކޯޓަށް ހާޒިރުކޮށްދިނުމުގެ އަމުރެއް ފުލުހުންގެ މައްޗަށް ނެރެފައެވެ.

ފުލުހުން ބުނީ މއ. އެރަލްސީ /މާލެ، ޙަސަން މަމްދޫހު ބަންދުގައި ބަހައްޓައިގެން 2025 ޑިސެންބަރު 27 ވަނަ ދުވަހުގެ 14:00 އަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށެވެ.

މަންޑޭގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާފައިވާއިރު، ޝަރީއަތުގެ މަރުހަލާ އޮތީ ހުކުމާއި ހިސާބަށް ގޮސްފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay