logo

ދިވެހި ތެރަޕިސްޓުން ތަމްރީންކުރުމުގެ ގައުމީ މަޝްރޫއެއް ފަށަނީ

profile

ޝަހްޒާ މުޙައްމަދު - 27 ޑިސެމްބަރު 2025 - 06:19

ދިވެހި ތެރަޕިސްޓުން ތަމްރީނުކުރުމުގެ ޤައުމީ މަޝްރޫޢެއް ފެށްޓެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.

https://wamco.com.mv/

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ 250 ދިވެހި ތެރަޕިސްޓުން ތަމްރީނުކުރުމުގެ ޤައުމީ މަޝްރޫޢެއް ފެށުމަށް ރައީސް މުޢިއްޒު ނިންމަވާފައިވާ ކަމަށެވެ.

އަންނަ އަހަރު މި މަޝްރޫއު ފެށޭނެ ކަމަށާއި އެ މަޝްރޫޢުގެ ދަށުން ސްޕީޗް ތެރަޕިސްޓުންނާއި އޮކިއުޕޭޝަނަލް ތެރަޕިސްޓުންނާއި ބިހޭވިއަ ތެރަޕިސްޓުންގެ އިތުރުން ސައިކޯ ތެރަޕިސްޓުން ތަމްރީން ކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިފަދަ ތެރަޕީ ތަކަކީ އެކި ބަލިބަޔަށް މުހިންމު ފަރުވާތަކެކެވެ. މިފަދަ ޚިދުމަތްތައް މަދުވުމަކީ ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ. އިންސާނީ ވަސީލަތްތައް މަދުވުމުގެ ސަބަބުން މި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުއްޓެވެ. އެހެންވެ، ސަރުކާރުން މިހާރު ގެންދަނީ މި ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި އެކި އަތޮޅުތަކުގައި ތެރަޕީގެ ޚިދުމަތްތައް ވަނީ އަލަށް ފަށާފައެވެ.

އަންނަ އަހަރަށް ފާސްކުރި ބަޖެޓުގައި އެންމެ އިސްކަން ދީފައި އޮންނާނީ ސިއްހީ ދާއިރާއަށް ކަމަށާއި އެ މަނިކުފާނުގެ ސިޔާސަތަކީ ސަރުކާރުން އެ ދާއިރާއަށް ބޮޑު އިންވެސްޓްމެންޓެއް ކުރުން ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay