logo

ރިސޯޓެއްގައި މަރުވެފައި އޮތް ކުޑަކުއްޖެއް ޑަސްބިނެއްގެ ތެރެއިން ފެނިއްޖެ

profile

މުހައްމަދު މުޝްރިފް - 26 ޑިސެމްބަރު 2025 - 19:09

ވ. ސިނަމަން ވެލިފުށި ރިސޯޓްގައި ވުމަން ސްޓާފް އެކޮމޮޑޭޝަން ބްލޮކްގެ ޑަސްބިނަށް ލާފައި އޮއްވާ މަރުވެފައި އޮތް ކުޑަކުއްޖެއް ފެނިއްޖެ އެވެ.

https://wamco.com.mv/

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ. މަރުވެފައި އޮތް ކުއްޖާގެ ބަރުދަނުގައި 2 ކިލޯ ހުރި ކަމަށް މައުލޫމާތު ލިބެއެވެ. އަދި ކުއްޖާ ފެނިފައި ވަނީ ކުނިވަސް ދުވާތީ އެކޮމޮޑޭޝަން ބްލޮކް ބަލަމުން ދަނިކޮށެވެ.

ވ. އަތޮޅުގެ ރިސޯޓެއްގައި 27 އަހަރުގެ ދިވެހި އަންހެނަކު ބަލިވެ އިނދެ ބައިގެންގޮސް ކުއްޖާ ނިޔާވެފައިވާ މައްސަލައެއް 2025 ޑިސެމްބަރު 26 ވަނަ ދުވަހުގެ ހެނދުނު 10:06 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށް ކަމށްވެސް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެއެވެ. މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ވާ ކަމަށާއި ، މައްސަލައާ ގުޅުންހުރި އިތުރު މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay