
އެކަނި ކުދިން ބަލާ މީހުންގެ އެލަވަންސް ދެނީ ގިނަވެގެން 12،000ރ. އާ ހަމައަށް

ޝަހްޒާ މުޙައްމަދު - 26 ޑިސެމްބަރު 2025 - 18:42
އެކަނިވެރި މައިންނާއި ބަފައިންނަށް ދައުލަތުން ކޮންމެ މަހަކު ދޭ މާލީ އެހީއަށް އިއްޔެ ގެނައި އިސްލާހު ބަދަލުކޮށް، 12،000 ރުފިޔާއާ ހަމައަށް އިނާޔަތް ދޭން ނިންމައިފި އެވެ.
އެކަނި ދަރިން ބަލަހައްޓާ މައިންނާއި، ބަފައިންނަށް މާލީ އެހީ ފޯރުކޮށްދިނުމާ ބެހޭ ގަވާއިދަށް ވަނީ އިސްލާހު ގެނެސްފައެވެ. މިއިސްލާހުގެ ދަށުން، ހަތަރު ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް 3,000 ރުފިޔާގެ މަގުން މާލީ އެހީ ލިބިގެންދާނެއެވެ. މިއާއެކު 4 ކުދިން ތިބި ފަރާތްތަކަށް 12،000ރ. އާއި ހަމައަށް އެހީތެރިކަން ލިބޭނެއެވެ.
ސަރުކާރުން އެލެވެންސް ދެމުން އައިސްފައިވަނީ އެކަނި ދަރިން ބަލަހައްޓާ ފަރާތްތަކަށް މާލީ އެހީ ފޯރުކޮށްދިނުމާ ބެހޭ ގަވާއިދުގެ ދަށުންނެވެ. މިޤަވާޢިދުގެ ދަށުން ކުރިން ކޮންމެ ކުށްޖަކަށް 1,000 ރުފިޔާގެ އިނާޔަތެއް ދިނެވެ. އެގޮތުން ކުރިން އެހީގެ ގޮތުގައި އެންމެ ގިނަވެގެން ދެނީ 10،000ރ. އެވެ.
މިއަދަދު އިތުރު ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވަނީ މިއަހަރުގެ އޮކްޓޯބަރ މަހު 21 ވަނަ ދުވަހު ލ. ގަމުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
ގުޅުން ހުރި ޙަބަރުތައް

ރިސޯޓެއްގައި މަރުވެފައި އޮތް ކުޑަކުއްޖެއް ޑަސްބިނެއްގެ ތެރެއިން ފެނިއްޖެ
2 ގަޑިއިރު ކުރިން

"ކްރިސްމަސް" ތަހުނިޔާ އާއި ދިވެހިން: ޑިސެމްބަރު މަހުގެ ބަހުސް
3 ގަޑިއިރު ކުރިން

ސުނާމީ ކާރިސާގެ ހިތްދަތި ހަނދާންތައް ހިތުން ފިލާ ނުދާނެ!
4 ގަޑިއިރު ކުރިން

މާލޭގައި ނޭޕާލް އަންހެނުންތަކެއްގެ މެދުގައި މާރާމާރީއެއްހިނގައިފި
4 ގަޑިއިރު ކުރިން


