logo

ލައިލަތުލް ގަދްރިވިލޭރޭ ލިބިގަތުމަށް ކުރާ ދުޢާ!

profile

ޝަހްޒާ މުޙައްމަދު - 15 މާރިޗު 2026 - 18:36

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ބައެއް ވަގުތުތައް އަނެއްބައި ވަގުތައް ވުރެ މާތްކުރައްވާފައެވެ. މީގެ ތެރޭގައި ވަކި ދުވަސްތަކަކާއި، ރޭތަކެއްގެ އިތުރުން މައްސަރުތައް ވެސް ހިމެނެއެވެ.

https://wamco.com.mv/

މިހާރު އަޅުގަނޑުމެންނާ ބައްދަލުކޮށްފައިވާ ބަރަކާތުން ފުރިގެންވާ ރަމަޟާން މަހަކީ މިދެންނެވި ފަދަ މަތިވެރި މައްސަރެކެވެ. މި މާތް މަހުގެ ހެޔޮ ދަރުމަޔާއި ޘަވާބު ލިބިގަތުމަށްޓަކައި، ރަމަޟާން މަހުގެ ކޮންމެ ވަގުތެއްގައިވެސް ހީވާގިކަމާއެކު އަޅުކަންތަކުގައި މަޝްޣޫލުވުން މުހިންމެވެ. ވަކިންޚާއްސަކޮށް ރަމަޟާން މަހުގެ ރޭތަކުގެތެރެއިން އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑު ރެއެއް ވާކަން މާތްﷲ ވަނީ އަންގަވާފައެވެ. އެއީ ލައިލަތުލް ޤަދުރިއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުރާޒާއިން މިއަދު ވަނީ ލައިލަތުލް ޤަދުރި ވިލޭރޭ ކުރުމަށް ހާއްސަ ދުޢާއެއް، ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

އެވުޒާރާގެ ޕޯސްޓްގައި، ލައިލަތުލް ޤަދްރި ވިލޭރެއާއި ބެހޭގޮތުން މާﷲ ވަޙިކުރައްވާފައިވާ އާޔަތްތައްވެސް ވަނީ ހިއްސާކޮށްފެއެެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވަނީ:

" ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ ޤުރްއާން ބާވައިލެއްވީ ލައިލަތުލް ޤަދުރި ވިލޭރޭގައެވެ. އަދި ލައިލަތުލް ޤަދުރި ވިލޭރެޔަކީ، ކޮންރެޔެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ ލައިލަތުލް ޤަދުރި ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ. މަލާއިކަތުންނާއި، ޖިބްރީލުގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ އިޛުނަފުޅާއެކު، ހުރިހާ އަމުރުފުޅަކާއިގެން އެރޭ ފައިބައިވަޑައިގަންނަވާނެތެވެ.އެއީ ފަޖުރުގެ އަލިކަން ފާޅުވެއްޖައުމަށްދާނދެން، އަމާންކަމާއި، ސަލާމަތްކަން ލިބިގެންވާ ރެޔެކެވެ." އަލްޤަދްރު

މީގެ އިތުރުން އެރޭ ކުރުމަށް ހާއްސަ ދުޢާއެއްގެ ގޮތުގައި ވަނީ ދުޢާއެއް ހިއްސާކޮށްފައެވެ.

ކީރިތި ރަސޫލާ ޢާއިޝަތުގެފާނަށް އުގަންނާ ދެއްވި ދުޢާއަކީ:

اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي އެވެ.

މާނައަކީ : ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން އިބްރަސްކަލާނގެއީ މާފުކުރައްވާ މާފު ދެއްވުމަށް ލޯބިކުރައްވާ ރަސްކަލަނގެއެވެ. ފަހެ މި އަޅާއަށް މާފު ކުރައްވަނދޭވެ!

ލައިލަތުލްޤަދުރިރޭ ހިމެނިގެންވަނީ ރަމަޟާންމަހުގެ ފަހު ދިހައެއްގެ އޮނަހިރި ރޭތަކުންގެ ތެރެއިން ރެއެއްކަމުގައި ކީރިތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘްފުޅުތަކުގެ އަލީގައި ޢިލްމުވެރިން ބަޔާންކުރައްވައެވެ. އެއީ ކަނޑައެޅިގެން ކޮންރެއެއްކަން އަންގަވާފައި ނުވާތީ އަޅުގަނޑުމެންގެ މައްޗަށް އޮތީ އެންމެ ކުޑަމިނުން ރަމަޟާންމަގެ ފަހުދިހައިގެ ހުރިހާ ރެއެއްގައި އެރޭ ހޯދުމަށް ގަދައަޅައި މަސައްކަތްކުރުމެވެ. ރަސޫލުﷲގެފާނު ޙަދީޘް ކުރައްވާފައިވާގޮތުގައި ލައިލަތުލް ޤަދުރި ހިމެނެނީ ރަމަޟާންމަހުގެ ފަހުދިހައިގެ އޮނަހިރި ރެއެއްގައެވެ. އެހެންކަމުން އެއީ ރަމަޟާންމަހުގެ 21 ނުވަތަ 23 ނުވަތަ 25 ނުވަތަ 27 ނުވަތަ 29 ، މިއިން ކޮންމެވެސް އެއްރެއެކެވެ. މިރެއަކީ މި ރަމަޟާންމަހުގެ 27 ވިލޭރެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk