logo

ރޯވެގެން މަރުވި 2 މީހެއްގެ ހަށިގަނޑު ގައުމަށް ފޮނުވާލައިފި

profile

ޝަހްޒާ މުޙައްމަދު - 15 މާރިޗު 2026 - 16:14

އދ. ދިގުރަށުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބިދޭސީން އުޅޭ އެކަމަޑޭޝަން އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި ފަސް މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑުއެމީހުންގެ ގައުމު، ބަންގްލަދޭޝަށް ފޮނުވާލައިފި އެވެ.

https://wamco.com.mv/

އެކޮމޮޑޭޝަންގެ ބަދިގޭގައި ރޯވެގެން ހިނގި އެ ހާދިސާގައި މަރުވި އެންމެންނަކީ ވެސް ބަންގްލަދޭޝްގެ މީހުންނެވެ. އެމީހުންނަކީ، ރާޖު އުދިން އިސްލާމާއި ސާދަރު އަލީ އާއި ރޮބިން މޮއްލާ އާއި ޝަފީގުލް އިސްމާލް އަދި ނޫރްނަބީ ސަރްކާރް އެވެ.

ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަނުން ބުނީ އޭގެ ތެރެއިން ސާދަރު އާއި ޝަފީގުލް އިސްލާމުގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި ބަންގްލަދޭޝަށް ގެންދާނެ ކަމަށެވެ.

އެ ހާދިސާގައި ފަސް މީހަކު މަރުވި އިރު، އިތުރު ދެ މީހަކު ފިހިގެން މާލެ ގެނެސް އައިޖީއެމްއެޗްގައި އަންނަނީ ފަރުބާ ދެމުންނެވެ. އެއީ 40 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެކެވެ. އެ ދެމީހުންނަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގަ އެވެ.

ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ސަފީރު ޑރ. އެމްޑީ ނަޒްމުލް އިސްލާމް ކޮމިޝަންގެ އިސް އޮފިޝަލުންތަކެއް އައިޖީއެމްއެޗަށް ވަޑައިގެން އެ މީހުންގެ ހާލު ބައްލަވާފައިވެ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk