logo

މިވަގުތު ތެލުގެ ދަތިކަމެއްނެތް: އެސްޓީއޯ

profile

ޝަހްޒާ މުޙައްމަދު - 15 މާރިޗު 2026 - 15:50

ރާއްޖެއަށް އެތެރެކުރާ ތެޔޮ ލިބުމުގެ ދަތިކަމެއް މިވަގުތަށް ނެތް ކަމަށާއި މިހާރު ހުރި ސްޓޮކްއިން މެނޭޖްކުރެވޭނެ ކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯއިން ބުނެފިއެވެ.

https://wamco.com.mv/

މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވުމުގެ ސަބަބުން ބައިނަލްއަގުވާމީ މާކެޓުގައި ތެލާއި ގޭހުގެ އަގުތައްވަނީ އުފުލިފައެވެ. ރާއްޖެއަށް އާންމުކޮށް އިމްޕޯޓްކުރާ ޕެޓްރޯލާއި ޑީސަލްގެ އަގުވެސް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. މި ބަދަލުތަކާ ގުޅިގެން، ރާއްޖެއަށް ބޭނުންވާ ތެޔޮ ހޯދުމުގައި ދަތިތަކަކާ ކުރިމަތިވެދާނެ ކަމަށް ބަލައި ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިކަމާގުޅޭގޮތުން ރާއްޖެއަށް ތެޔޮ އެތެރެކުރާ މައި ކުންފުނި އެސްޓީއޯއިން ދައުލަތުގެ މީޑިއާ މެދުވެރިކޮށް ހާމަކުރި ގޮތުގައި، މިހާލަތުގައިވެސް ރާއްޖެއަށް ބޭނުންވާ މިންވަރަށް ތެޔޮ ލިބުމުގައި އަދި އެއްވެސް ހުރަހެއް ނެތެވެ.

ބާޒާރުގައި ތެލުގެ އަގު އުފުލުނު ކަމުގައިވިއަސް ތެލުގެ އިތުރު ދެ ޝިޕްމެންޓް އަންނަ ހަފްތާފައި ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. އެހެން ކަމުން މިވަގުތަށް ހުރި ސްޓޮކުން ދަތިކަމެއް ނެތި މެނޭޖްކުރެވޭނެ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

ތެލުގެ އިތުރުން ގޭހުގެ އިތުރު ޝިޕްމެންޓެއްވެސް އަންނަ ހަފުތާގައި ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ. މިވަގުތު ގޭހުގެ ޑިމާންޑް އިތުރުވުމާއި ގުޅިގެން، އެސްޓީއޯގެ ސަބްސިޑަރީ މޯލްޑިވް ގޭހުން ގޭސް ވިއްކަމުން ދަނީ ލިމިޓްކޮށްގެން ކަމަށް އެސްޓީއޯއިން ބުންޏެވެ. މޯލްޑިވް ގޭހުން މިވަގުތު ގޭސް ވިއްކަމުން ދަނީ 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި ޑިސްކައުންޓް ރޭޓުތަކެއްގައި ވިއްކަމުންދަނީ 5 ކިލޯގެ ގޭސްފުޅިއެވެ.

ދުނިޔޭގެ ބާޒާރުގެ ތެލާއި ގޭހުގެ އަގު އުފުލުމާއެކު އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ވަނީ ބަދަލު އައިސްފައެވެ.ސަރުކާރުން ވަނީ ތެލުގެ އަގު އުފުލުނު ކަމުގައިވިއަސް، އެސްޓީއޯގެ ފައިދާއިން ބައެއް ސަބްސިޑައިޒްކޮށް އަގަށް އަންނަ ބަދަލު އެބްޒޯބް ކުރެވޭނެ ގޮތަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk