logo

އިންކަމް ޓެކްސްގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ

profile

ޝަހްޒާ މުޙައްމަދު - 15 މާރިޗު 2026 - 15:53

މި އަހަރުގެ ފުރަތަމަ ދެ މަހުގެ ތެރޭގައި އިމްކަމް ޓެކްހުގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވިނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެެ.

https://wamco.com.mv/

މީރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖެނުއަރީ އާއޮ ފެބްރުރުގައި،އިންކަމް ޓެކުހުގެ ގޮތުގައި ދައުލަތަށް 1.37 ބިލިޔަން ރުފިޔާ ލިބިފައިވާ އިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 975.5 މިލިޔަން ރުފިޔާއާ އަޅައި ބަލާއިރު 41.1 ޕަސެންޓްގެ އިތުރު ވުމެކެވެ.

އިންކަމް ޓެކުހުގެ ގޮތުގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަ ނީ ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އަތުން ނަގާ ޓެކުހުގެ ގޮތުގަ އެވެ.

މިދިޔަ ދެ މަހު ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އަތުން ނަގާ ޓެކުހުގެ ގޮތުގައި ދައުލަތަށް 635.7 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު ލިބިފައިވަނީ 684.1 މިލިޔަން ރުފިޔާއެވެ.

ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އަތުން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ދަށްވި ނަމަވެސް ރާއްޖޭގައި ވަޒަންވެރި ވެފައި ނުވާ ފަރާތްތަކާއި ވަގުތީގޮތުން ރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކުގެ އަތުން ނަގާ ޓެކުހުގެ އާމްދަނީ އިތުރުވެފައިވެ އެވެ.

އެގޮތުން އަހަރުގެ ފުރަތަމަ ދެ މަސް ދުވަހު އެ ބައިން ލިބުނު އާމްދަނީ 181.1 މިލިއަން ރުފިޔާއަށް އަރަ އެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅައި ބަލާއިރު ގާތްގަނޑަކަށް 200 ޕަސެންޓްގެ އިތުރުވުމެކެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk