logo

ރައީސް، އިސްލާމީ ޤައުމުތަކާއި ޖަމާޢަތްތަކުގެ ވެރިންނަށް، އީދުގެ ތަހުނިޔާ ފޮނުއްވައިފި

profile

ޝަހްޒާ މުޙައްމަދު - 20 މާރިޗު 2026 - 06:59

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، 1447 ވަނަ އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި، އިސްލާމީ ޤައުމުތަކާ، ޖަމުޢިއްޔާތަކުގެ ވެރިންނާއި، ސަރުކާރުތަކާއި އަދި ރައްޔިތުންނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވައިފިއެވެ.

https://wamco.com.mv/

އިސްލާމީ ޤައުމުތަކުގެ އިސްވެރިންނަށް ވަކިވަކީން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުތަކުގައި، ގާތްތިމާގެ މީހުންނާ، އަވައްޓެރިންނާ އެކުގައި ޢީދުގެ އުފާ ފާޅުކުރުމުގެ ތެރެއިން ގުޅުންތައްބަދަހިވެ، އަދި އީމާންކަން ހަރުދަނާވެ، ﷲގެ ރަޙުމަތުން ފުރިގެންވާ އުފާވެރި ދުވަހަކަށް މި ދުވަސް ވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވެފައި ވެއެވެ.

މެސެޖުތައް ނިންމަވާލައްވަމުން، މިޢީދަކީ، ހެޔޮރަޙްމަތާ، އަދި މުސްލިމު މުޖްތަމަޢުގައި އޮންނަ އަޚްވަންތަކަމުގެ ރޫޙު، އިތުރަށް ބަދަހިވެގެންދާނެ ޢީދަކަށްވާނެ ކަމަށް އުއްމީދުކުރައްވާ ކަމުގައި ވިދާޅުވެފައި ވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk